Support Us

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ވަކި މިންވަރެއް ދިނުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ވަކި މިންވަރެއް ދިނުމާ ބެހޭ ގޮތުން މީޑިޔާތަކުގެ އިސް ފަރާތްތަކާއެކު ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބާއްވަވައިފިއެވެ.

ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމުގެ ކަންކަން ތަންފީޒުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް މީޑިޔާތަކުގެ އިސްވެރިންނާ އެކު ބޭއްވެވި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ޚަލީލް ވިދާޅުވީ ސަރުކާރުން ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދެއްވުމުގައި މީޑިއާތަކުގެ މެދުގައި ތަފާތެއް ނުކުރައްވާނެ ކަމަށެވެ. އަދި މީޑިއާތަކުގެ "ބްލެކް ލިސްޓެއް" މި ސަރުކާރަކުން ނުގެންގުޅުއްވާނެ ކަމަށެވެ.

މީޑިއާތަކުގެ ކުރިއެރުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގައި ހިމެނޭ މީޑިޔާ ވިލެޖް ޤާއިމުކުރުމާއި، މީޑިޔާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުން ފަދަ ހުރިހާ ކަމެއްވެސް ސަރުކާރުން ޚާއްޞަ ސަމާލުކަމަކާއެކު ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަންވެސް މި ބައްދަލުވުމުގައި ހަލީލު ދެއްވިއެވެ. އަދި މީޑިއާތަކަށް މަޢުލޫމާތު ހާމަކުރުމާއި މީޑިއާތަކަށް ސަރުކާރުން ކޮށްދެއްވަން ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދިނުމުގައި ކަމާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކުން މަސައްކަތްކުރަމުންދާ ގޮތް ވަރަށް ގާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިޔުނިކޭޝަން ޑިޕާޓްމަންޓުން ބައްލަވަމުން ގެންދަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ޚިދުމަތްދޭ ގިނަ މީޑިޔާތަކެއްގެ އިސް ފަރާތްތަކުން ބައިވެރިވި މި ބައްދަލުވުމުގައި، މީޑިޔާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު، މީޑިޔާތަކުގެ އިސް ފަރާތްތަކުން ހިއްސާކުރައްވައި، އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާ ބެހޭގޮތުންވެސް ބައެއް މަޝްވަރާތައް ކުރެއްވިއެވެ.

މީޑިއާތަކާ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ބައްދަލުވުންތައް ސިލްސިލާކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. Dhaulathuge ehee libenvaanee kamah ekasheegenvaa rangalhu fenvarugai konmes muhdhathehgai medhu nukendi hingaafaivaa adhi media council in kanda’alhaa vaki criteria akah fethey noosthakah.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *