ސަރުކާރުގެ 13 މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް 25 ބޭފުޅަކު ޢައްޔަނުކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހިމެނޭ 22 މިނިސްޓްރީގެ ތެރެއިން ބައެއް މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުންގެ މަގާމަށް މީގެ ކުރިން ވެސް ވަނީ ބައެއް ބޭފުޅުން އައްޔަން ކުރައްވައިފައެވެ.
މިއަދު އައްޔަންކުރެއްވި ސްޓޭޓް މިނިސްޓަރުން:
1- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް – ސ. ހިތަދޫ މުދިންގެ، މުޢާޛު ޙަލީމް
2- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް – ނ. ފޮއްދޫ ޔާގޫތުގެ، ޙުސައިން ޝާމް އާދަމް
3- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް – ގ. ބާނި، އަޙްމަދު މާޒިން
4- މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން – ނ. ވެލިދޫ މާކޯނި، ޑޮކްޓަރ އަޙްމަދު މުޙައްމަދު
5- މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން – ރ. އަލިފުށި ފުސްތުޅާގެ، ޑޮކްޓަރ ޢަބްދުއްލަޠީފް މުޙައްމަދު
6- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް – ހ. ހުވަދޫ، ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ
7- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް – މއ. ރަސްއައިން، އިސްމާޢީލް ޢަބްދުﷲ
8- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް – ގދ. ވާދޫ ހުސްނުހީނާގެ، އަޙްމަދު ޤާސިމް
9- މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް – މއ. ބަރަކަ، ޑޮކްޓަރ މުޙައްމަދު ޝުޖާޢު ޢަބްދުލްހަކީމް
10- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް – ޏ. ފުވައްމުލައް މިސްކިތްމަގު، މާވޭދު، މުންޢިމް އަނީސް
11- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް – މ. ކޮތަންމާގެ، އާމިނަތު ޙުސައިން ޝަރީފް
12- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން – ވ. ނަލަދުވެލި، މުޙައްމަދު ރިޔާޟް
13- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް – މ. މަންނަ، ޙުސައިން ޢިމްރާން ޢަބްދުލްމުހައިމިން
14- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް – ގދ. ރަތަފަންދޫ، ރޯޝަނީވިލާ، މުޙައްމަދު ފާއިޒް
15- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް – ފ. ނިލަންދޫ، ފައުނު، އިބްރާހީމް ނިޡާމް
16- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް – ހ. ސެނާއާގެ، މުޙައްމަދު ދިލްޝާން ޢަބްދުﷲ
17- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް – ހއ. ތަކަންދޫ ސާދާގެ، އަޙްމަދު ސާލިމް
18- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ – މ. ބްލޫނައިލް، އިބްރާހީމް ޠަޢާމު މުޙައްމަދު
19- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ – މއ. އެލީޒިއަމް، އިބްރާހީމް ނަޡީމް
20- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ – ހ. ޓިވެގާލައިޓް، އިސްމާޢީލް ޙަމީދު
21- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މއ. އަދުންކޮށީގެ، ޙަސަން ރަޝީދު
22- މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ – ހ. އަސްޖެހިގެ، މަރްޔަމް ވިޝާމާ
23- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް – ހުޅުމާލެ، ފްލެޓް ނަންބަރު 02-1-88 މުޙައްމަދު ރަފީޤު ޙަސަން
24- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް – ށ. ކޮމަންޑޫ، ރަންކޮކާގެ، އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް
25- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް – ލ. ގަން، ތުނޑި، ކޯޒީކޯނަރ، އަޙްމަދު ރަޝީދު



advertisment