ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މ. ރަނިކަ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ. މިއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ބިނާކުރި 25 ބުރީގެ ހޮސްޕިޓަލްގެ މަގާމަކަށް ބޭފުޅަކު އައްޔަން ކުރި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ދަރުމަވަންތަ ހޮސްޕިޓަލް ހިންގަމުން އައިސްފައި ވަނީ އައި.ޖީ.އެމް.އެޗްގެ ދަށުންނެވެ. ހުރިހައި މުވައްޒަފުންނަކީ ވެސް އައި.ޖީ.އެމް.އެޗްގެ މުވައްޒަފުންނެވެ. ސީ.އީ.އޯ ކަނޑައަޅައިފައި ހުންނަނީ ވެސް އައި.ޖީ.އެމް.އެޗްގައެވެ.
ޙަލީމް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޙަލީމް ވަނީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ސީ.އީ.އޯކަން ކުރައްވައިފައެވެ. އޭގެ ތެރޭގައި އެމް.ޓީ.ސީ.ސީ. އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހިމެނެއެވެ.



advertisment