Support Us

ސަރުކާރުގެ އިސް ބައެއް މަގާމުތަކަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ސަރުކާރުގެ އިސް ބައެއް މަގާމުތަކަށް ބޭފުޅުން ޢައްޔަންކުރައްވައި އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރުންގެ ފެންވަރުގައި ޢައްޔަން ކުރައްވައި ފަތްކޮޅު އެރުވި ބޭފުޅުންނަކީ:-

• ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް، ގ. ވަށަފަރު އިޤްބާލް އާދަމް

• މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް، މ. ކޮތަންމާގެ މުޙައްމަދު ޙުސައިން ޝަރީފް މިއެވެ.

މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ އިސް މަގާމުތަކަށްވެސް ވަނީ ބޭފުޅުން ޢައްޔަންކުރައްވައިފައެވެ. އެގޮތުން އައްޔަންކުރެއްވި ބޭފުޅުންނަކީ:-

• ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަށް، މ. ލައިޓްކޯނަރ-4 ޑޮކްޓަރ މަޙްމޫދު ޝައުޤީ

• ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމަށް، މ. އެމޭޒަން ޑޮކްޓަރ ޢާއިޝަތު ޝެހެނާޒު އާދަމް

• ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމަށް، މ. ހިތިމާގެ ޑޮކްޓަރ ޢަލީ ޒާހިރު މިއެވެ.

ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ޢައްޔަންކުރެއްވި ބޭފުޅުންނަކީ:-

• ޗީފް އޮފް ސްޓާފް އެޓް ދަ ވައިސް ޕްރެސިޑެންޓްސް ރެޒިޑެންސްގެ މަގާމަށް، ހއ. ވަށަފަރު ބްލޫހައުސް މުޙައްމަދު ވަޙީދު ޙަސަން

• ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކަމަށް، މއ. ބޮޑުދަހަރާގެ ޑޮކްޓަރ މުޙައްމަދު ކިނާނަތު

• ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، ގ. ލިޓޯނިޔާ މުޙައްމަދު ޝަމްޢާން ވަޙީދު މިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް