Support Us

އޯ.އައި.ސީ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ރައީސާ ބައްދަލުކުރައްވައިފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޭ.އައި.ސީ) ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒް ޔޫސުފް އަލް ދޮބެއި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ރައީސުލްޖުމްހުރިއްޔާ ވަނީ އިސްލާމީ ޤައުމުތަކުގެ ޞުލްޙަ މަސަލަސްކަމާއި ކުރިއެރުމަށް، އޯ.އައި.ސީ.އާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެސިސްޓެންޓް ސެކްރެޓަރީ ދެއްކެވި ވާހަކަފުޅުގައި، އޯ.އައި.ސީ.ގެ އެހެން މެމްބަރުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެ، އެމަނިކުފާނުގެ ޤާބިލު ޒައާމަތުގައި ރާއްޖެއަށް އިންޤިލާބީ ކުރިއެރުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ފާޅުކުރެއްވިއެވެ.

މީގެ އިތުރުން، ފަލަސްޠީނުގެ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ވަކާލާތު ކުރުމަށް ވަކިން ބޮޑަށް ސަމާލުކަންދީގެން، އިސްލާމީ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އޯ.އައި.ސީ.ން ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، އޯ.އައި.ސީ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ވާހަކަފުޅު ދައްކަވަމުން، ދިވެހި ރައްޔިތުންގެ ހެވާއި ލާބަޔަށާއި، މަންފާއަށްޓަކައި އޯ.އައި.ސީ. އިން ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ވިދާޅުވެ، އަބަދުވެސް މަސައްކަތްކުރައްވާނީ ރާއްޖޭގެ ސަރުކާރާ ގުޅިގެންކަން ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް