Support Us

ރައީސް ޑރ. މުއިއްޒުގެ ވަޒީރުންގެ މަޖިލީހަށް ބޭފުޅުން ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް މިރޭ މެންބަރުން ޢައްޔަނު ކުރައްވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މެންބަރު ކަމުގެ ޤާނޫނީ ހުވައި ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މިރޭ އަށެއް ޖަހަން އުޅެނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވައި ކުރެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ ކުރިފުޅުމަތީގައެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ވަޒީރުންގެ މަޖިލީސް:

1. މިނިސްޓަރ އޮފް ޑިފެންސް ކަމުގެ މަގާމަށް މުޙައްމަދު ޣައްސާން މައުމޫން.

2. މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ކަމުގެ މަގާމަށް މޫސާ ޒަމީރު.

3. މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ކަމުގެ މަގާމަށް ޢަލީ އިޙްސާން.

4. މިނިސްޓަރ އޮފް ފިނޭންސް، ކަމުގެ މަގާމަށް ޑޮކްޓަރ މުޙައްމަދު ޝަފީޤް.

5. މިނިސްޓަރ އޮފް އެޑިޔުކޭޝަން، ކަމުގެ މަގާމަށް ޑޮކްޓަރ އިސްމާޢީލް ޝަފީޢު.

6. މިނިސްޓަރ އޮފް ހެލްތް، ކަމުގެ މަގާމަށް ޑޮކްޓަރ ޢަބްދުالله ޚަލީލް.

7. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، ކަމުގެ މަގާމަށް މުޙައްމަދު ސަޢީދު.

8. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، ކަމުގެ މަގާމަށް އަޙްމަދު ޝިޔާމް.

9. އެޓަރނީ ޖެނެރަލް، ކަމުގެ މަގާމަށް އަލްއުސްތާޛު އަޙްމަދު އުޝާމް.

10. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ކަމުގެ މަގާމަށް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު.

11. މިނިސްޓަރ އޮފް ޓޫރިޒަމް، ކަމުގެ މަގާމަށް އިބްރާހީމް ފައިޞަލް.

12. މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ ޢާއިޝަތު ޝިހާމް.

13. މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ކަމުގެ މަގާމަށް ޢަބްދުالله ރާފިޢު.

14. މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީ، ކަމުގެ މަގާމަށް ޠާރިޤު އިބްރާހީމް.

15. މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ ޢަލީ ހައިދަރު އަޙްމަދު.

16. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ކަމުގެ މަގާމަށް މުޙައްމަދު އަމީން.

17. މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، ކަމުގެ މަގާމަށް އާދަމް ނަޞީރު އިބްރާހީމް.

18. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ މަރްޔަމް މާރިޔާ.

19. މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ކަމުގެ މަގާމަށް ޑޮކްޓަރ ޢަބްދުالله މުއްޠަލިބް.

20. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ކަމުގެ މަގާމަށް ޑޮކްޓަރ ޢާއިޝަތު ރަމީލާ.

21. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، ކަމުގެ މަގާމަށް އިބްރާހީމް ވަޙީދު.

22. މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، ކަމުގެ މަގާމަށް އާދަމް ޝަރީފް.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް