މާދަމާ ފަށާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ރޭ ވަނީ އިއުލާން ކުރައްވައިފައެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އިއުލާންކުރި "ހަފްތާ 14″ގެ ޕްލޭނުގައި އެންމެ ފުރަތަމަ ދުވަހު ފެއްޓެވުމަށް ހިމަނައިފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމުގެ މަސައްކަތާއި ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ގެއްލުނު ސަރަހައްދު އަނބުރާ ހޯދުމަށް އިޓްލޮސްއަށް މައްސަލަ ހުށަހެޅުން ހިމެނެއެވެ.
މީގެ އިތުރުން އެކިއެކި މަޝްރޫއުތައް ހިންގުމަށް ބޭރުގެ ގައުމުތަކާ އެކު ވެފައިވާ އެއްވެސް އެއްބަސްވުމެއްގައި ރާއްޖޭގެ އިސްތިގުލާލާއި ސިޔާދަތަށް އުނިކަމެއް އަންނާނެހެން ހުރި ކަމެއް ވާނަމަ އެކަމެއް އެ އެއްބަސްވުމަކުން އުނިކުރުމުގެ މަސައްކަތް ހިމަނައިފައިވެ އެވެ. އަދި މިސްކިތްތަކުގެ ހާލަތު ރަނގަޅުކުރުމާއި ސްކޫލް ކުދިންނަށް ގައުމިއްޔަތާއި ދީނާއި ސަގާފަތް ކުރިއެރުވުމުގެ މަސައްކަތްތަކާއި ދިވެހި ގައުމީ ތަރިކަ އިޔާދަކުރުމުގެ މަޝްރޫއު އެކުލަވާލުމުގެ މަސައްކަތްތައް ވެސް ހިމަނައިފައިވެ އެވެ.
މި ޕްލޭނުގައި ވަނީ ފުރަތަމަ ދުވަހު ފައްޓަވާނެ މަސައްކަތްތަކާއި ހަތަރު ހަފުތާ، ނުވަ ހަފުތާ އަދި 14 ހަފުތާ (98 ދުވަސް) ތެރޭގައި ކުރައްވަން ފައްޓަވާނެ ކަންކަމެވެ.
ތިރީގައި މި ވަނީ "ހަފްތާ 14″ގެ ޕްލޭނުގައި ހިމެނޭ ޑރ. މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ 161 ވައުދެވެ.















advertisment