އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައްސާލަން ނާންގަވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި އެމަނިކުފާނު ވިދާޅުވީ "އަޅުގަނޑުގެ ފަރާތުން އެއްވެސް ބޭފުޅަކުވެސް އެކަހަލަ އެންގުމެއް ނާންގާނެ" ކަމަށާއި "ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީތައް ބާލަމުން ދާކަމާއި، އެކަން ކުރަނީ އަޅުގަނޑު އަންގައިގެން ކަމަށް ދައްކާ ޙަޤީޤަތެއް ނެތް ވާހަކަތަކާ ގުޅިގެން، ރައްޔިތުންނަށް ޔަޤީންކަން ދިނުމުގެ ގޮތުން ދަންނަވާލަން" ކަމަށެވެ.




advertisment