Support Us

ސީއައިއޭ އަށް ޖާސޫސުކޮށްދިން މީހަކު ޗައިނާއިން ހައްޔަރުކޮށްފި

އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއަށް ޖާސޫސްކޮށްދިން މީހަކު ޗައިނާ ސަރުކާރުން ހައްޔަރުކޮށްފިއެވެ.

ސީއައިއޭ އިން މި މިހާ އެމީހުންގެ އޭޖެންޓަކަށް ހެދީ އިޓަލީއަށް ކިޔަވަން ފޮނުވައިފާ ހުއްޓައެވެ. ޗައިނާގެ ޤައުމީ ސަލާމަތާ ބެހޭ އޭޖެންސީން ހާމަކުރި ގޮތުގައި މި މީހާއަކީ ޗައިނާގެ ޢަސްކަރީ ޞިނާޢަތާބެހޭ މުއައްސަސާއެއްގައި މަސައްކަތް ކުރާ މީހެކެވެ. ސީއައިއޭއިން މި މީހާ ޖާސޫސަކަށް ހެދީ އިޓަލީގައިި ކިޔަވަން އުޅެނިކޮށް ޕާޓީތަކަށާއި ޙަފްލާތަކަށް ގެންގޮސް ދަލުގައި ޖައްސއިގެންނެވެ. އޭނާގެ ޢާއިލާ އެމެރިކާއަށް ގެންގޮސްދޭނެ ކަމަށާއި ވަރަށް ބޮޑު މުސާރައެއް ދޭނެކަމަށް ސީއައިއޭގެ އޭޖެންޓް ޗައިނާ މީހާއަށް ވަޢުދުވެފައިވާ ކަމަށް ޗައިނާއިން ބުންޏެވެ. އޭނާގެ ކިބައިން އެމެރިކާ އެދިފައިވަނީ ޗައިނާގެ ސިފައިންނާ ބެހޭ ވަރަށް  ޙައްސާސު މަޢުލޫމާތުތަކެއް ހޯދައިދިނުމަށެވެ. 

މި މަސައްކަތަށް ބޭނުންވާ ތަމްރީނުތައް އެމެރިކާގެ ސީއައިއޭގެ އޭޖެންޓް ޗައިނާ މީހާއަށް ދިނެވެ. ކިޔަވާ ނިމިގެން ޗައިނާއަށް އެނބުރި ދިޔުމަށް ފަހު މި މިހާ ސިއްރިއްޔާތުގައި ސީއައިއޭގެ އޭޖެންޓުންނާ އެތައް ފަހަރަކު ބައްދަލުކޮށްފައިވާ ކަމަށް ޗައިނާއިން ބުންޏެވެ. ޗައިނާ ބުނާގޮތުގައި ޗައިނާއާ ބެހޭގޮތުން އޭނާ އެމެރިކާއަށް ވަރަށް ގިނަ މަޢުލޫމާތުތަކެއް ދީފައި ވެއެވެ. 

ޗައިނާއިން ބުނާގޮތުގައި މިހާރު އޭނާ ވަނީ ކަމާބެހޭ ފަރާތްތަކާ ޙަވާލުކޮށްފައެވެ. އެއީ މަސްއަލަ ތަޙްޤީޤުކޮށް ޝަރީޢަތަށް ހުށައެޅުމަށް ޓަކައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *