Support Us

ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްކަން، ޢަބްދުއްރަޙީމް، ވައިޘް، ޙާމިދު، މޭޖަރ ޖެނެރަލްގެ ރޭންކަން

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ ރޭންކު ލެފްޓިނެންޓް ޖެނެރަލްގެ ރޭންކަށް އުފުއްލައްވައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފު، މޭޖަރ ޖެނެރަލްގެ ރޭންކަށް މިއަދު މަތިކުރައްވައިފިއެވެ.

މި ދެ ބަދަލުގެ އިތުރުން، ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކުގައި މިހާތަނަށް ތިއްބެވި އެމްއެންޑީއެފް މެރިން ކޯގެ ކޮމަޑާންޓް، ވައިޘް ވަޙީދާއި ސަރވިސް ކޯގެ ކޮމަޑާންޓް ޙާމިދު ޝަފީޤު، މޭޖަރ ޖެނެރަލްގެ ރޭންކަށް މަތިކުރައްވައިފައެވެ.

ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމްއެންޑީއެފްގެ އެންމެ އިސް ހަތަރު އޮފިސަރުންނަށް މަޤާމުގެ ރޭންކް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ. މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުﷲ ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ

މިއަދު ދެއްވި މަގާމުގެ ކުރިއެރުމާއެކު، އުމުރުން 54 އަހަރުގެ ޝަމާލް ވެގެންދިޔައީ ދިވެހި އަސްކަރީ ތާރީޚުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކު ލިބިވަޑައިގެންނެވި ދެވަނަ އޮފިސަރަށެވެ. މީގެ ކުރިން އެ ރޭންކު ލިބިވަޑައިގެންފައި ވަނީ ރައީސް މައުމޫންގެ ޑިފެންސް މިނިސްޓަރުގެ ނައިބު އަންބަރީ އަބްދުއްސައްތާރަށެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުއްރަޙީމް ޢަބްދުއްލަތީފަށް މޭޖަރ ޖެނެރަލްގެ ރޭންކް ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ
މެރިން ކޯގެ ކޮމަޑާންޓް، ވައިޘް ވަޙީދަށް މޭޖަރ ޖެނެރަލްގެ ރޭންކް ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ
ސަރވިސް ކޯގެ ކޮމަޑާންޓް ޙާމިދު ޝަފީޤަށް މޭޖަރ ޖެނެރަލްގެ ރޭންކް ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ

މިހާރު 130 އަހަރު ވެފައިވާ ދިވެހި އަސްކަރިއްޔާގެ އެންމެ މަތީ ރޭންކަކީ ޖެނެރަލް އެވެ. އެ މަގާމު މިހާތަނަށް އަދާކުރައްވައިފައި ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޖެނެރަލް މައުމޫން އަބްދުލްގައްޔޫމެވެ.

ދިވެހި ސިފައިންނަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި، 21 އެޕްރީލް 1992ގައި ނަގައިފައިވާ މި ފޮޓޯގައި، އެން.އެސް.އެސްގެ ޖެނެރަލް މައުމޫން އަބްދުލްގައްޔޫމު (ކ) އަދި ލެފްޓިނެންޓް ޖެނެރަލް އަންބަރީ އަބްދުއްސައްތާރު -ފޮޓޯ: ގޫގްލް
  • ވިދާޅުވުމަށް

130 އަހަރަށްފަހު ދިވެހި ސިފައިންގެ ހުރިހައި ރޭންކަކަށް ބޭފުޅުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *