Support Us

50 ވަނަ އުފަންދުވަހު ފައިސަލްގެ ބަޔޯގްރަފީ ނެރެފި

ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިސަލް ނަސީމުގެ ބަޔޯގްރަފީ ރޭ ނެރެފިއެވެ. މިއީ ރާއްޖޭގެ ނައިބު ރައީސެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ފޮތެއް ނެރުނު ފުރަތަމަ ފަހަރެވެ.

ފައިސަލްގެ 50 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ގިޔާސުއްދީން ސްކޫލްގައި ރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި މި ބަޔޯގްރަފީ ނެރެދެއްވީ ޝަރަފުވެރި މެހެމާން، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޒާހިރު ހުސެއިނެވެ. ރޭގެ ހަފުލާފައި ޑރ. ޒާހިރުގެ އިތުރުން ފައިސަލް ވެސް ވާހަކަފުޅު ދެއްކެވިއެވެ.

ޖުމްލަ 318 ސަފުހާގެ މި ބަޔޯގްރަފީއަކީ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ، ހަތަރު މަހެއްހާ ދުވަހުގެ މަސައްކަތުން އެކުލަވައިލައްވާފައިވާ ފޮތެއް ކަމަށް ރޭ އޭނާ ވިދާޅުވިއެވެ. އަދި މި ފޮތުގައި، ދިވެހި ތާރީހުގައި އެންމެ ގިނަ ދުވަހު ނައިބު ރައީސްކަން ކުރެއްވި ފައިސަލް ހަޔާތުގެ މައްޗަށާއި ކާމިޔާބީ އާއި ކުރިއެރުންތަކަށް ބައްލަވާލައްވައިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފައިސަލް 50″ ރަންޔޫބީލް ހަފުލާގެ ތެރެއިން… -އަދިވެސް ފޮޓޯ

"ފައިސަލް 50″ ރަންޔޫބީލް ހަފުލާގައި ނައިބު ރައީސްގެ އާއިލާ އާއި ގާތްތިމާގެ ބޭފުޅުންނާއި ވަޒީރުންނާއި އެކުވެރިންގެ އިތުރުން އެންމެ ގާތް ނޫސްވެރިންނާއި ވިޔަފާރިވެރިންގެ ތެރެއިން 300 އެއްހާ މެހެމާނުން ބައިވެރިވިއެވެ. ތަފާތު ރަހަތަކުގެ ސުފުރާއަކާއެކު ބޭއްވެވި ދެ ގަޑިއެއްހާއިރުގެ މި ހަފުލާގައި، ފައިސަލްގެ ދެ ބޭފުޅަކު ލަވަ ވެސް ވިދާޅުވިއެވެ. އަދި ފައިސަލްގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ 10 މިނިޓުގެ ވީޑިއޯ ރިޕޯޓެއް ވެސް ދެއްކިއެވެ. އޭގެ އިތުރުން ފައިސަލްގެ މިޒާޖުފުޅާއި އުޅުއްވުމާއި މަސައްކަތުގެ އަޚުލާގާއި ކާމިޔާބީތަކާ ބެހޭ ގޮތުން ތިން ބޭފުޅަކު ވާހަކަ ދެއްކެވިއެވެ. އެގޭ ތެރޭގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ހިމެނިވަޑައިގަންނަވައެވެ.

"ފައިސަލް 50″ ރަންޔޫބީލް ހަފުލާގެ ތެރެއިން… -އަދިވެސް ފޮޓޯ

ފުވައްމުލަކު، ފުނާޑު އަވަށުގައި، 1973 ޖުލައި 20 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ފައިސަލް، ނައިބު ރައީސް ކަމަށް އިންތިހާބުވީ 23 ސެޕްޓެމްބަރު 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލީޝަން ޕާޓްނަރު، ޖުމްހޫރީ ޕާޓީގެ ރަނިންމޭޓެއްގެ ގޮތުން ވާދަކުރައްވައެވެ. ރައީސް ސޯލިހާއެކު 2018 ނޮވެމްބަރު 17 ގައި ހުވާކުރެއްވި ފައިސަލް ވެވަޑައިގެންފައިވަނީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ދުވަސް ވަންދެން މަގާމުގައި ދެމިހުންނެވި ނައިބު ރައީސަށެވެ.

ވިދާޅުވުމަށް

ނައިބު ރައީސް ފައިސަލްގެ 50 ވަނަ އުފަންދުވަސް ފާހަގަކުރެއްވުމަށް ޚާއްސަ ހަފުލާއެއް

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *