Support Us

ވާހަކަ: ތިލޯބި- 3

ފާޚާނާއިން ނުކުމެ އޮށޯތީ ނިދުމުގެ ނިޔަތުގައެވެ. ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. އަނީމް މަތިން ހަނދާންވެ އަނީމާ ދޭތެރޭ ވިސްނަަން އޮވެވުނެވެ. ދުވަހަކުވެސް މައިޝަނާ އެއްވެސް ފިރިހެނަކާ އަޅާނުކިޔާއިރު އަނީމާ އަޅާ މިކިޔެނީ ކީއްވެގެން ބާއެވެ؟ އަހަރެންނަށް ވިސްނެން ފެށުނެވެ. މައިޝަނާ ދޭތެރޭ ނުވިސްނޭ ވަރަށް ވިސްނެން ފެށުނެވެ. މި ވެވެނީ ލޯބިބާއެވެ!؟

އެ ޚިޔާލު ތަކަށް ގެއްލިފައި އޮއްވާ ނިދުނު އިރެއްވެސް ނޭނގުނެވެ. ވާނީ ވެސް އެހެންތާއެވެ. އަހަރެންނަށް ހޭލެވުނީ މައީ އައިސް އަހަރެންގެ މޫނަށް ފެން ޖެހުމުންނެވެ. އޭރު ފަތިސް ނަމާދަށް ގޮވާ އަޑު އިވެމުން ދިޔައެވެ. އަހަރެން ނުރުހުމުގެ ނަޒަރަކުން މައީ އާ ދިމާލަށް ބަލައިލީމެވެ. މައީ ހުރީ ހިނިގަނޑު މަތަކޮށްގެންކަން އެނގުނީ ހޭންފެށި ގޮތުންނެވެ. އަހަރެންގެ ގާތަށްވެސް ހިނިއައެވެ. ދެން އަވަސްވެގަތީ ނަމާދު ކުރާށެވެ. ނަމާދުކޮށް ނިމުމުން މައީ ވަރަށް ލޯބިން ގޮވާލިއެވެ. ގޮވާލި ގޮތުންވެސް ކަމެއް ބޭނުންވެފައިކަން އެނގުނެވެ. އަހަރެން ކިހިނެއްތޯވީ އަހާލީމަ އަތިރިއަށް ދިޔުމަށް އެދުނެވެ. ދުވަހަކުވެސް ހެނދުނު އަތިރިއަށް ދާން ނުކިޔާ މީހަކު މިއަދު އެ އުޅެނީ ކިހިނެއް ވެގެން ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް އެއްވެސް ސުވާލެއް ނުކޮށް އަހަރެން އަތިރިއަށް ދިޔުމަށް ތައްޔާރުވެލީމެވެ.

މައީ އާ ހުރެ މިއަދު ފޯނު ވެސް ބަލާނުލެވުނެވެ. އަތިރިއަށް ދިޔައިރު އެއްވެސް ޚާއްޞަ ކަމެއް ނެތެވެ. ޝައްމާ އާއި ސައިހާ އަތިރީގައި ތިއްބާ ފެނިގެން އަހަރެން ގޮވާލުމުން އެމީހުން އައެވެ. ކޮން ސަކަރާތެއް ޖަހަނީހޭ އަހާލުމުން ޖެއްސުމަށް ބުނާ ރާގަށް މީހުންގެ މަސް ކަނީއޭ ބުނެލިއެވެ. އަހަރެން އެ މީހުންނަށް ޖެއްސުމަށް "ޔަގީން ކޮންމެވެސް ފިރިހެނެއްގެ މަސް ކަނީކަން" މިހެން ބުނެލީމެވެ. ސައިހާ އާނއެކޭ ބުނެ ހިނިގަނޑެއް ޖަހާލިއެވެ.

"އޭ ތިއެއް ނޫނޭ, ވާހަކައެއް އެބައޮތޭ" އަހަރެން ބުނެލީމެވެ. ބުނެބަލާށޭ ބުނާ ކަހަލަ ގޮތަކަށް ދެމީހުން ވެސް ބުމަ އަރުވާލިއެވެ. އަހަރެން ވާހަކަ ދައްކަން ފެށީމެވެ. "މީ… ހޫން ކަމެއް ނެތްހޭ؟" އަނީމްްގެ ވާހަކަ ބުނަން ހިތަށް އަރާފަވެސް ބުނަން ދޫ ނުކުޅެދުނެވެ. "ނޫނޭ ކަންތައް އެބަހުރި. ކުރަން ނުކެރެނީ މިހެން ބުނެލިއެވެ.

މިގޮތުގައި ސަކަރާތް ޖަހަމުން ގެއަށް ދިއުމަށް މިސްރާބު ޖެހީމެވެ. ގެއަށް ދަނިކޮށް މައިޝަން ފެނުނެވެ. މައިޝަން ހުރިގޮތުން ހީވަނީ ދަތުރަކު ދާން އުޅޭހެނެވެ. މައީ ގާތު މައިޝަންމެން ތާކަށް ދާން އުޅޭކަން އެނގޭހޭ އެހުމުން "މިއަދަަކީ އެމީހުންގެ ބޭންޑަށް ތިން އަހަރު ފުރޭ ދުވަހޭނުން. އެހެންވެ ދަތުރަކު ދަނީ ކަމަށް ވެދާނެއޭނުން،" މިހެން ބުނެލިއެވެ. އަހަރެން އާއެކޭ ބުމުނުގެ ގޮތުން ބޯޖަހާލީމެވެ.

ގެއަށް ދެވުނުއިރު އަށެއް ޖަހާ ބޮޑުވެއްޖެއެވެ. އޭރު މަންމަ އަހަރެމެން ލަސްވެގެން ހޯދައެވެ. އަހަރެމެން މަންމަ ގާތު މަޢާފަށްއެދުނީމެވެ. އަހަރެން ދެރަވީ ސައި ތައްޔާރުކޮށްފައި ހުރިކަން އެނގުމުންނެވެ. އެއީ މަންމަ އެކަނި އެކަމުގައި އުޅުންކަން އެނގުމުންނެވެ. މަންމަ އަހަރެމެން ދެމީހުންނަށް ސައި ބޯން ގޮވުމުން ސައި ބޮއެގެން ޖައްސާލަން ދިޔައީމެވެ. ފޯނު ބަލައިލި ހިނދު އަހަރެންނަށް ވީގޮތް ވެސް ބުނެދޭން ދައްޗެވެ. އަނީމްގެ 30 މިސްޑް ކޯލް އޮތެވެ. އަނީމް އެ ވަރަށް ގުޅިއިރު ފޯނަށް ޖަވާބު ނުދެވުނީމަ ކުޑަކޮށް ޖެހިލުންވެ ހުރެ އަހަރެން އަނީމްގެ ނަމްބަރަށް ގުޅާލީމެވެ. ފޯނު ނަަގާނެކަމުގެ އުންމީދުގައެވެ.

ގެއަށް ދެވުނުއިރު އަށެއް ޖަހާ ބޮޑުވެއްޖެއެވެ. އޭރުވެސް މަންމަ އަހަރެމެން ލަސް ވެގެން ހޯދައެވެ. އަހަރެމެން މަންމަ ގާތު މަޢާފަށްއެދުނީމެވެ. އަހަރެން ދެރަވީ ސައި ތައްޔާރު ކޮށްފައި ހުރިކަން އެނގުމުންނެވެ. އެއީ މަންމަ އެކަނި އެކަމުގައި އުޅުނުކަން އެނގުމުންނެވެ. މަންމަ އަހަރެމެންނަށް ސައި ބޯން ގޮވުމުން ސައި ބޮއެގެން ޖައްސާލަން ދިޔައީމެވެ. ފޯނު ބަލައިލި އިރު އަހަރެންނަށް ވީގޮތް ވެސް ބުނެދޭން ދައްޗެވެ. އަނީމްގެ 30 މިސްޑް ކޯލް އޮތެވެ. އަނީމް އެ ވަރަށް ގުޅިއިރު ފޯނަށް ޖަވާބު ނުދެވުނީމަ ކުޑަކޮށް ޖެހިލުންވި ނަމަވެސް އަހަރެން އަނީމްގެ ނަމްބަރަށް ގުޅާލީމެވެ. ފޯނު ނަަގާނެކަމުގެ އުންމީދުގައެވެ.

ތޭރަ ފަހަރު ގުޅިއްޖެއެވެ. އަނީމް ކޮންމެ ފަހަރަކުވެސް ޖަވާބު ނުދީ ފޯނު ކަނޑާލަނީއެވެ. ހިތުގެ ވިންދު އަވަސްވެގަންނަން ސިކުންތެއްވެސް ނުނެގިއެވެ. އިންތިހާ ދަރަޖައަށް ބިރުގަތެވެ. އެހާމެ ދެރަވެސް ވިއެވެ. މައީ ގާތު އަނީމް ކަމުދާ ވާހަކަ ބުނެވިފައިވުމުން އަނީމް ފޯނު ނުނަގާ ވާހަކަ ވެސް މައީއަށް ހިއްސާކުރެވުނީ ބޭއިހުތިޔާރުގައެވެ. އަހަރެން ދެރަވެފައި ހުރިވަރު މައީ އަހަރެންގެ މޫނުން ދެނެގަތެވެ.

"އަނީމް ވަރަށް އަދި ބުރަ ދުވަސްކޮޅެއް ކަމަށް އެވާނީ. މިއަކީ ރެސޯޓުތަކަށް ވެސް ވަރަށް ގިނައިން ގެސްޓުން އަންނަ ދުވަސްކޮޅެއް. އެހެންވެ ޝޯއެއް ލިބިގެން މާބޮޑަށް ބިޒީވީ ކަމަށް އެވާނީ. ހާސް ނުވޭ އިނގޭ،" މައީ އަހަރެންނަށް ހިތްވަރުދިނުމުގެ ގޮތުން ބުނެލިއެވެ. އަހަރެން އާނއެކޭ ބުނެ ހަމަޖެހިލީމެވެ.

"ޝައީ… އާދެބަލަ ބަދިގެ ފަރާތަށް،" މަންމަ ގޮވާލުމުން ބަދިގެއަށް ދިޔައީމެވެ. އަދި ކީއްތޯވީ އަހާލީމެވެ. އަދި 12:30 ވަނީއޭ ބުނުމުން އަހަރެން ކައްކަން އުޅެންވީ ދޯ އޭ ބުނެލީމެވެ.

"ހުންނާނެ އަނބާއި ފަޅޮލާ ގެނެސްފައި. އޭގަ މަޖާ ހަދާލަބަލަ. އޭރުން އެވީ. މަންމަ މެންދުރަށް ކައްކައިފިން،" މަންމަ ބުނެލިއެވެ. އަހަރެން އެހެންހޭ ކިޔާފައި އަނބާއި ފަޅޯ ކޮށުމަށް އަވަސްވެގަތީމެވެ.

"ރިހާކުރު ބޮޑުދައިތަ ގަނޑާ… ކޮބާ ރިހާކުރުފުޅި؟" މައީއަށް ނިސްބަތްކޮށް އަހަރެން އަހާލުމުން މައީ ފާޑަކަށް މޫނުހަދާފައި އައިސް ރިހާކުރުފުޅި ދިނެވެ.

"އޭ މެއްޔާ، ތިހަދާފަ ކާން ފަށާނީއެއް ނޫން ހޯން. ތި އަހަރެމެންނަށް ތައްޔާރުކުރާ އެއްޗެއް ނޫނޯ،" މައީ ފާޑަކަށް ބުނެލިއެވެ. މަންމަ ކާހިތްވެގެން ތައްޔާރު ކޮށްދޭން ބުނެފައި މައީ އެހެން ބަޔަކަށް ތައްޔާރުކުރާ އެއްޗެކޭ ބުނުމުން ހިތުގައި ޝައްކުގެ ރާޅެއް ނެގި ނަމަވެސް އާނއެކޭ ބުނެ އަހަރެން ހަނު ހުރީމެވެ.

"ޝައީ… ހަވީރު އެބަ އާދޭ މިރަށަށް ޝޯ ދޭ ގުރޫޕެއް. އެމީހުން ތިބޭނީ މި ގޭގައި. މަންމަ އަކަށް ނޭނގެ އެމީހުން ކިޔައިދޭކަށް. އެމީހުންނަށް ފޮނި އެއްޗެއް ވެސް ހަދައިދޭން ވާނެ އިނގޭ!” މަންމަ ބުނެލިއެވެ.

"އޭ މޮޔަގަނޑާ އުޅޭ ޕުޑިން ހަދަން. ދޯ؟" މައީ ބުނެލީ ވަރަށް ފޯރީގައެވެ. އަހަރެން މާރީ ބިސްކޯދުގައި ޕުޑިން ހެދުމަށް ހިޔާލެއް ދިނުމާ އެކު މައީ އާނއެކޭ ބުނެ އަވަސްވެގަތީ ޕުޑިން އަށް ބޭނުންވާ އެއްޗެހި ފިހާރައަށް ގޮސް ގަންނާށެވެ. އަހަރެންނަށް އަދިވެސް އަންނަނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ.

ޕުޑިން ތައްޔާރުކޮށް ނިންމާފައި އަހަރެން އަވަސްވެގަތީ އެ އަންނަ ބަޔަކު އަންނަ ތަނަށް ދާށެވެ. ގެއިން ނިކުމެގެން ދާން އުޅެނިކޮށް ކޮންމެވެސް މީހެއްގެ ގައިގާ ލައިގަތެވެ. ކާކުކަން އެނގުމުން އަހަރެންގެ ހިތް ސުވާލުތަކުން ފުރި ބާރުވިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *