...

Support Us

ފަލަކު ނުވަތަ އޯބިޓް

ކައުނުގައި އެއްޗެއް ހިނގަން ލެއްވެވި ބުރަށް ފަލަކޭ ކިޔޭ
ދައުރުވާހައި އެއްޗަކަށް ފަލަކެއް މި ކައުނަށް ލެއްވިޔޭ

އުޑު ބުރުޖު ތަކަކުން ޢަދަދު ބާރައިގެ ގޮތުގައި ލެއްވެވީ
ގުޑުމަކުން ކުޑަވެސް ތަފާތެއް ބުރުޖަކަށް ނާރާނެޔޭ

ބުރުޖަކީ ދިވެހީން ކިޔާ ރާއްސޭ އޮޅުން ނެތި ސާފުވާ
ފުރުޞަތެއް އޮޅުމަށް ނުވާހައި ގިނަ ލިޔުން ހެކިދޭނެޔޭ

ބާރަ ބުރުޖުގެ އިމު ތެރޭ ލެއްވީ އަށާވީސް މަންޒިލޭ
ނާރައޭ އޮޅުމެއް އެކަމުގައި ހޯދުމުން ފެންނާނެޔޭ

ޙަމްލު،ސައުރު،އެއީ،އިނގޭތޯ މޭސަ،އިސަބަ، ގެ ޢަރަބިނަން
ރަމްޒުކޮށްފައިވާ ނަމެއް އޭގައި ނުވާކަން ނޯޅެޔޭ

ފަލަކަކީ، އޯބިޓްގެ ނަން އިނގިރޭސި ބަހުގައި އޮތް އިނގޭ
ނަލަވިހައި ގުރަހައިގެތަރިތައް ފަލަކުގައިހިނގަމުން ދެޔޭ

މަންޒިލަށް ފަލަކީ ގޮތުން ދިވެހީން ނަކަތް ކިޔަމުން ދެޔޭ
ދަންނަ މީހުން ނުވަތަ ނިޔަމިން ތަރިތަކުން މަގު ހޯދަޔޭ

ބިމުގެ މިޞްރާބަށް ގަހާ، ފަރުގަދި، ކިޔާ ފަދައިން އުޑުން
އިމުގެ މިޞްރާބުން އިރާ ހަނދު ވީ، ދިމާ ދެނެގަނެވެޔޭ

އެގޮތަކީ ޖައުޒާގެ މިއަހެލި، ނަކަތުގައި ހަނދުވޭ ބުނުން
އެގޮތުގައި ދޯންޏެއް، ގަހާއިން އެބަފެނޭ ބުނެވޭނެޔޭ

ފަލަކަކީ ތިންސައްތަ ހައްޓިން ދަރަޖަ ލިބިފައިވާ ބުރެއް
ފަލަކު ބާރަ ބަޔަށް ބެހީމާ އެއްބަޔަށް ބުރުޖޭ ކިޔޭ

ކަން މިފަދައިން ސާފުކޮށް ހުއްޓާ ނުބައިކޮށް މާނަކޮށް
ނަން ނުބައިކޮށް ތަރުޖަމާ ކުރުމުން އެކަންކަން އޮޅިދެޔޭ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *