Support Us

ބާއޮކަލޯ ނެޓްބޯލް ޓޯނަމަންޓުގެ ޗެމްޕިއަން މިސްޓްރިކް ތައްޓާއެކު -ފޮޓޯ: ނޫނުފޮޓޯ

ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑާއެކު ތަށި މިސްޓްރިކްް އަށް

ކުޅުނު ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑާއެކު، ނ. ވެލިދޫ ބާއޮކަލޯ ނެޓްބޯލް ޓޯނަމަންޓުގެ ޗެމްޕިއަންކަން މިސްޓްރިކް ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލްގައި ސްޓިލްރެޑާ ވާދަކޮށް މިސްޓްރިކް ތަށި ހޯދީ 55-26 ޕޮޓުން މޮޅުވެގެންނެވެ.

ކުއީން އޮފްދަ ޓޯނަމެންޓަށް ހޮވުނު މިސްޓްރިކްގެ ގޯލް އެޓޭކަރ ފާތިމަތު ރިޒްވީނަށް އިނާމު ދެނީ -ފޮޓޯ: ނޫނުފޮޓޯ

ހަތަރު ޓީމުގެ މެދުގައި ޖުލައި 24-31 އަށް ކުރިއަށްދިޔަ މި މުބާރާތުގެ ކުއީން އޮފްދަ ޓޯނަމެންޓަށް ހޮވުނީ މިސްޓްރިކްގެ ގޯލް އެޓޭކަރ ފާތިމަތު ރިޒްވީނެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ މިސްޓްރިކްގެ ގޯލް އެޓޭކް ފާތިމަތު ރިޒްވީނާއި ސެންޓަރ މަރިޔަމް ރަޝީދާ އާއި ސްޓިލްރެޑްގެ ވިންގް އެޓޭކް ސައުދިއްޔާ އަބްދުއްރައްޒާޤާއި ގޯލް ޝޫޓް ފާތިމަތު އިބްރާހިމާއި ކޭއެންޖީގެ ގޯލް ޑިފެންޑް ހައްވާ ފައިރޫޒާ އާއި އެމްޕްރެސަސްގެ ގޯލް އެޓޭކް މަލީކާ އާދަމާއި ސެންޓަރ އާމިނަތު އިފާޝާ އެވެ.

ޗެމްޕިއަންޓް ޓީމަށް ތައްޓާއި މެޑަލް ދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާން، މޯލްޑިވައިންގެ މެނޭޖިން ޑިރެކްޓަރ އާތިފް ހުސައިނެވެ.

މި މުބާރާތަކީ ވެލިދޫ ކޮމިއުނިޓީ ސެންޓަރާއި ބާއޮކަލޯ ގުޅިގެން އިންތިޒާމްކުރި މުބާރާތެކެވެ.

އިތުރު ފޮޓޯ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *