Support Us

ހުޅުމާލެއިން 18 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދާތާ ފަސް ދުވަސް

ހުޅުމާލެއިން 18 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދާތާ ފަސް ދުވަސް ވެގެން، އޭނާ ހޯދަން އޭނާގެ ފޮޓޯ ފުލުހުން މިއަދު އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާއިން ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދަނީ ޝިއުނީ ޙުސައިން ސިޔާނު، 18، ޅ. ނައިފަރު، ލޮޓަސްމާގެ ކަމަށެވެ.

"ޝިއުނީ ޙުސައިން ސިޔާނު ވީނުވީއެއް ނޭނގި އާއިލާއަށް އެއްވެސް ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވެނު މަސައްކަތުން ހޯދިފައެއް ނުވެއެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.

"ވީމާ، ޝިއުނީ ޙުސައިން ސިޔާނު އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވައި އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9880062 އަށް ގުޅައި ހިއްސާކޮށްދެއްވުން އެދެމެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *