Support Us

ރިޓަޔަރޑް ޖެނެރަލް ޚަލީފާ ޙަފްތަރު

ލީބިޔާގެ ރިޔާސީ ރޭހުން ޙަފްތަރު ވަކިކޮށްފި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email

ލީބިޔާގެ ރިޔާސި ކެންޑިޑޭޓުންގެ ލިސްޓުން އެ ޤައުމުގެ ޤައުމީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރައްވަމުން ގެންދަވާ ރިޓަޔަރޑް ޖެނެރަލް ޚަލީފާ ޙަފްތަރު އުނިކުރުމަށް ލީބިޔާގެ ކޯޓަކުން އިއްޔެ ނިންމައިފިއެވެ. ލީބިޔާގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24ވަނަ ދުވަހުއެވެ.

ލީބިޔާގެ އަލްއަޙްރާރު ޗެނެލް ބުނާގޮތުގައި ޙަފްތަރުގެ ނަން ރިޔާސީ ލިސްޓުން އުނިކުރަން ނިންމީ ލީބިޔާގެ އައްޒާވިޔާ ސަހަރުގެ ކޯޓުންނެވެ.
ޖެނެރަލް ޙަފްތަރު ލީބިޔާގެ ޤައުމީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރައްވަމުން ގެންދަވަނީ ބައެއް ޢަރަބި ޤައުމުތަކުންނާއި ކުލީ ސިފައިންގެ އެހީގައެވެ. ބައިނަލްއަޤްވާމީ ދުނިޔެ ޤަބޫލު ކުރާ ސަރުކާރަކީ ލީބިޔާގެ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެވެ.

ޙަފްތަރު ރިޔާސީ ކެންޑިޑޭޓެއް ކަމަށް ކުރިމަތިލެއްވީ މި ހުސްވި ނޮވެންބަރު މަހުގެ 16ވަނަ ދުވަހުއެވެ. ލީބިޔާގެ އިލެކްޝަން ކޮމިޝަނުން ވަނީ ޙަފްތަރުގެ ކުރިމަތިލެއްވުން ޤަބޫލުކޮށްފައެވެ. ލީބިޔާގެ ކޯޓަށް ޙަފްތަރާ ބެހޭގޮތުން ހުށައެޅުނު މަސްއަލަތައް ބެލުމަށްފަހު އެ ކޯޓުން ވަނީ އިލެކްޝަން ކަމިޝަނުގެ ނިންމުން ބާޠިލުކޮށްފައެވެ. މި ކޯޓުން ޙަފްތަރުގެ ކެންޑިޑެސީ ބާޠިލު ކުރީ ލީބިޔާގެ އެތައް ރައްޔިތުންނެއް މަރައިފައިވާ މީހަކަށް ޙަފްތަރުވާތީއެވެ.

ލީބިޔާގެ މީޑިޔާތައް ބުނާގޮތުގައި އިއްޔެ ހެނދުނު ޖެނެރަލް ޙަފްތަރު ލީބިޔާގެ ބަނިޣާޒީގެ އިލްކްޝަން ކަމިޝަންގެ މަރްކަޒަށް ވަޑައިގެން ކަރުދާސްތައް ވަނީ ހުށައަޅުއްވައިފައެވެ. އޭނާގެ ކެންޑިޑެސީ ކޯޓުން ބާޠިލުކުރި ޚަބަރު ލިބިވަޑައިގަތުމުން ޙަފްތަރު ވިދާޅުވިއެވެ. "އަހުރެން ރިޔާސީ އިންތިޚާބަށް ކުރިމަތިލީ ބާރުވެރިކަމަށް އެދިގެނެއްނޫނެވެ. އެހެނަސް އެ ކަމަށް ކުރިމަތިލީ އަހުރެންގެ ރައްޔިތުންނަށް ޢިއްޒަތާއި ކުރިއެރުމާއި ފާގަތިކަމަށް ބޭނުންވާ ދަތުރުގައި އެމީހުންގެ ޒަޢީމަކަށް ވުމަށް ޓަކައެވެ."