Support Us

ޕުތުރާޖާޔާގައި މިއަދު ވެކްސިން ފުރިހަމަ ކުރި ކުއްޖަކާ ޞިއްޙަތާ ބެހޭ ވަޒީރު ޚައިރީއާއި ތަޢުލީމާ ބެހޭ އިސް ވަޒީރު ރާޒީ ވާހަކަ ދައްކަވައިލައްވަނީ

ފުރާވަރު އުމުރުގެ ކުދީންނަށް ވެކްސިން ދިނުމުގެ ޚާއްސަ ކަމާކެތްމެއް މެލޭޝިއާގައި ފަށައިފި

"ފުރާވަރު އުމުރުގެ ކުދީންނަށް ކޮވިޑް19 ވެކްސިން ދިނުމުގެ ޤައުމީ ކަމާކެމި" މެލޭޝިއާގެ ޕުތުރާޖާޔާގައި މިއަދު ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ. މެލޭޝިއާގެ ޞިއްޙަތާ ބެހޭ ވަޒީރު ޚައިރީ ޖަމާލުއްދީން ވިދާޅުވާ ގޮތުގައި އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުގެ ކުދީންނަށް އަމާޒުކޮށްގެން ހިންގާ ޚާއްޞަ މި ކަމާކެމީގައި 3.2 މިލިއަން ކުދީން ހިމެނޭނެއެވެ.

ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި މި ކުދީންގެ ވެކްސީންގެ ކަންތައް އަވަހަށް ނިންމުމަށް ޓަކައި ތަފާތު ގިނަ ތަރީގާތަކެއް ބޭނުންކުރެވޭނެއެވެ. އެއީ ވަކި ތާވަލެއްގެ މަތީން މަދަރުސާތަކަށާއި އިދާރާތަކަށް ޞިއްޙީ މަސައްކަތްތެރީން ފޮނުވައިގެންނާއި ޞިއްޙީ ކްލިނިކްތަކާއި ހޮސްޕިޓަލުތަކަށް މީހުން ގޮސްގެންނާއި ގައުމުގެ އެތަންމިތާނގައި ގާއިމުކުރެވިފައިވާ ވެކްސިން މަރުކަޒުތަކުން ވެކްސިން ދިނުމެވެ.

"ފުރާވަރު އުމުރުގެ ކުދީން ވެކްސީން ޖަހާން ހާޒިރުވާއިރު، ހުއްދަ ފޯމުގައި ސޮއިކުރާން އެ ކުދީންގެ ބެލެނިވެރިއަކު ނުވަތަ ބަލަދުވެރިޔަކު ގެންދާން ޖެހޭނެއެވެ." ސެކޯލާ މެނެންގަހ ކަބަންސައާން (ގައުމީ ހައި ސްކޫލް)ގައި ތަޢުލީމާ ބެހޭ އިސް ވަޒީރު ދާތޫ ރާޟީ ޖިދީނާއެކު މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ސިއްޙަތާބެހޭ ވަޒީރު ވިދާޅުވިއެވެ.

ޚައިރީ ޖަމާލުއްދީން ވިދާޅުވި ގޮތުގައި ސިއްހީ މައްސަލަތައް ހުންނަ ކުދީން މި ކަމަކެމީން އިސްތިސްނާ ކުރެވޭނެއެވެ. މި ގޮތުން ގޭގެއަށް ގޮސްގެން ނުވަތަ ސްކޫލްތަކަށް ގޮސްގެން ވެކްސިން ދެވޭނެ ކުދީންގެ ލިސްޓެއް މާދަމާ އިޢުލާނު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޚައިރީ އިތުރަށް ވިދާޅުވި ގޮތުގައި އޮކްޓޯބަރު މަހު ސްކޫލްތައް އަލުން ހުޅުވާން ތައްޔާރުވަމުން އަންނައިރު މި ވެކްސީން ފުރިހަމަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭރުން ގައިންގަޔަށް ބަލިއެރުމުން ރައްކާތެރިކުރެވޭނެއެވެ. އަދި ކޮވިޑްގެ އެކި އިހާތައް މަދަރުސާތަކުން އުފަންވުމުގެ ފުރުޞަތު ވެސް ހަނިކުރެވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *