Support Us

ޔޫރޯ2020: މޮޅަށް ކުޅުނު ސްޕޭން ޕެނަލްޓީ ޖަހައިގެން ބަލިކޮށް އިޓަލީ ފައިނަލަށް

ޔޫރޯ2020ގެ ސެމީފައިނަލްގައި އިޓަލީވިލާތާއި ސްޕޭނު ރޭ ކުޅުނު މެޗް ޕެނަލްޓީ ޖަހައިގެން 4-2ގެ ތަފާތަކުން ކާމިޔާބުކޮށް އިޓަލީ ފައިނަލަށް ދަތުރުކޮށްފިއެވެ. ފައިނަލްގައި އިޓަލީ ބައްދަލުކުރާނީ މިރޭ ޑެންމާކާއި އިނގިރޭސި ވިލާތް ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗްގެ ފުރަތަމަ ހާފަށް ބަލާއިރު މުޅި މެޗް ކޮންޓްރޯލްކުރީ ސްޕޭން ޓީމެވެ. މެޗްގެ ފުރަތަމަ ހާފުގައި 66 އިންސައްތަ އަދި މުޅި މެޗްގެ 65 އިންސައްތަ ކޮންޓްރޯލްކުރީ އެ ޓީމުންނެވެ. އިޓަލީގެ ގޯލާ އަމާޒުކޮށް 16 ބޯޅައެއް ސްޕޭނުން ފޮނުވައިލައިފައި ވިޔަސް ގޯލާ އަމާޒުކުރެވުނީ އެންމެ ފަސް ޙަމަލާއެކެވެ. އެއިން އެއް ބޯޅަ ވެސް ގޯލަކަށް ބަދަލުކޮށެއް ނުލެވުނެވެ. އަނެއްކޮޅުން ގޯލާ އަމާޒުކޮށް އިޓަލީއަށް ފޮނުވައިލެވުނީ ހަތް ހަމަލާއެކެވެ. ފަސް ބޯލައެއް ގޯލާ ދިމާވިޔަސް އެއިން ބޯޅައެއްލަނޑަކަށް ނެހެދުނެވެ. އެންމެ ރީތި ފުރުޞަތެއް ލިބުނީ އެމަރސަންއަށެވެ. އޭނާ ފޮނުވައިލި ބޯޅަ ވެސް ދިޔައީ ގޯލަށް އަމާޒު ނުވެއެވެ.

ފައުލަށް ބަލާއިރު އިޓަލީން އަށް ފައުލެއް ކުރިއިރު ސްޕޭނުން 7 ފައުލެއް ފުރަތަމަ ހާފުގައި ކުރިކަމަށް ރެފްރީ ފްލިކްސް ބްރީޗް ފާހަގަކުރިއެވެ. ފުރަތަމަ ހާފު ނިމުނީ އެއްވެސް ކާޑެއް ނުދައްކައެވެ.

ދެވަނަ ހާފުގެ ކުޅުން ފަށައިގެ ދެ ޓީމަށް ވެސް ލަނޑެއް ޖަހާނެ ވަރަށް ރަނގަޅު ދެ ފުރުޞަތެއް ލިބުނެވެ. ސްޕޭނުން ފޮނުވައިލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ މިސްރާބުން ކައްސައިލައިގެންނެވެ. އިޓަލީން ފޮނުވައިލި ބޯޅަ ގޯލާ އަމާޒުވި ނަމަވެސް ތިރިތިރީން ފޮނުވައިލި އެ ބޯޅަ ގޯލްކީޕަރު ދިފާޢުކުރީއެވެ. ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ސާރގިއޯ ބޮސްކެޓްސް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް ދެއްކިއެވެ. އަދި 58 ވަނަ މިނިޓްގައި ސްޕޭންގެ އޮޔާޒަބާލް ފޮނުވައިލި ބޯޅަ ވެސް ދިޔައީ ލަނޑަކަށް ނެހެދި ހަމަ ހުހަށެވެ. މެޗްގައި ސްޕޭނުން މޮޅަށް ކުޅެމުން ގެންދިޔަ ނަމަވެސް 60 ވަނަ މިނިޓްގައި ސްޕޭންގެ ކުޅުންތެރިން ހިތްދަތިކޮށްލީ އިޓަލީއިން ލަނޑެއް ޖަހައި މެޗްގެ ލީޑް ނެގުމާ ގުޅިގެންނެވެ. މި ލަނޑު އިޓަލީން ކާމިޔާބުކުރީ އެ ޓީމުގެ ފެޑަރިކޯ ޗިއެސާ ފޮނުވައިލި ބޯޅައަކުންނެވެ.

ދެވަނަ ހާފުގެ 62 ވަނަ މިނިޓްގައި އިޓަލީވިލާތުން ކުޅުންތެރިއަކު ބަދަލުކުރިއެވެ. ޗީރޯ އީމޯބީލޭ ބޭލުމަށް ފަހު އެރުވީ ޑޮމެނިކޯ ބެރާރޑީއެވެ. ހަމަ އެ ވަގުތުގައި ސްޕޭނުން ފެރާން ޓޮރޭސް ބޭލުމަށް ފަހު އަލްވާރޯ މޮރާޓާ ކުޅޭން ނެރުނެވެ. އަދި 70 ވަނަ މިނިޓުގައި ސްޕޭނުން ދެ ބަދަލެއް ގެނައެވެ. މިކެލް އޮޔެރްޒަބާލް ބޭލުމަށް ފަހު ޖިރާޑް މޮރޯނޯ، އަދި ކޮކޭ ބޭޅުމަށް ފަހު ރޮޑްރީ ކުޅެން ނުކުތެވެ. މެޗުގެ 74 ވަނަ މިނިޓްގައި އިޓަލީގެ މާރކޯ ވެރާޓީ، އަދި އެމާރސަންގެ ބަދަލުގައި ރަފާއިލް ޓޮލޯއީ ކުޅެން ނުކުތެވެ.

ސްޕޭންގެ ވަރުގަދަ ކުޅުންތެރީންގެ ކުރިމަތީގައި އިޓަލީއަށް ލީޑްގައި ހިފަހައްޓއިލެވޭ ގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން 80 ވަނަ މިނިޓްގައި ސްޕޭންގެ އަލްވާރޯ މޮރާޓާ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދިނެވެ. މި ލަނޑު ޖެހުމުގައި މޮރާޓާއަށް އެހީތެރިވީ ޑެނީ އޮލްމޯއެވެ.
މެޗްގެ 85 ވަނަ މިނިޓްގައި ސްޕޭނުން އިތުރު ބަދަލެއް ގެނައެވެ. މިފަހަރު ސޭޒާރ އާސްޕީލީކުވޭ ބޭލުމަށް ފަހު ކުޅޭން ނެރުނީ މާރކޯސް ޔްރެންޓޭއެވެ.

މެޗަށް ކަނޑައެޅިފައިވާ 90 މިނިޓާއި އިތުރު ތިން މިނިޓް ވެސް ހަމަވީ 1-1ގައި އޮވެ ދެ ޓީމު އެއްވަރުވެގެންނެވެ. އެހެންކަމުން ގަވާއިދުގައި ގޮތުން ނަތީޖާ ނެރުމަށް ޓަކައި އިތުރު ވަގުތުގެ ދެ ހާފެއް ކުޅުނެވެ. މި ހާފުގެ ހަތްވަނަ މިނިޓުގައި، މެޗްގެ 97 ވަނަ މިނިޓްގައި އިޓަލީގެ ރަފާއީލް ޓޮލޯއީ ކުރި ފައުލަކަށް ރީނދޫކާޑެއް ވެސް ދެއްކިއެވެ. އަދި އިތުރު ވަގުތުގެ 28 ވަނަ މިނިޓްގައި ވެސް ލިއޮނާޑޯ މައުންޗީއަށް ވެސް ރީނދޫ ކާޑެއް ދެއްކިއެވެ.

އިތުރު ވަގުތުގެ 20 ވަނަ މިނިޓްގައި އިޓަލީއިން ގޯލަށް ބޯޅައެއް ފޮނުވައިލިއެވެ. ނަމަވެސް އެ ބޯޅަ ފޮނުވައިލީ އޮފްސައިޑް މަގާމެއްގައި ހުރެފައި ކަމަށް ވާތީ އެ ބޯޅަ ލަނޑަކަށް ނުވިއެވެ. ސްޕޭނުން މޮޅަށް ކުޅުނު ކަމުގައި ވިޔަސް އިޓަލީގެ ވަރުގަދަ ދިފާޢީ ލަޝްކަރު ފޫއަޅުވައިލުމަށް ފަހު ގޯލަށް ބޯޅައެއް އަމާޒުކުރެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން 120 މިނިޓަށް ދެމިގެންދިޔަ މި މެޗް ނިމުނީ ނަތީޖާއެއް ނުނެރެވިއެވެ. އެހެންކަމުން ފައިނަލަށް ދާނޭ ބަޔަކު ކަށަވަރުކުރުމަށް ޓަކައި ޖެހުނީ ޕެނަލްޓީޖަހާށެވެ.

ޕެނަލްޓީގައި އިޓަލީއިން އެއް ބޯޅަ ގެއްލުނު އިރު ސްޕޭނަށް ދެ ބޯޅަ ގެއްލުނީއެވެ.

އިޓަލީވިލާތުން ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާފައިނަލުގައި ބެލްޖިއަމާ ބައްދަލުކޮށް، ހަމަހަމަ ކުޅުމެއް ކުޅެ، 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *