Support Us

ބުރުގާއެޅުން މަނާކުރުމުން އިންސާނީ ޙައްޤުތަކާ ބެހޭ އދ.ގެ އޮފީހުން ފާޑުކިޔައިފި

މި އަންނަ އަހަރުގެ ހޫނު މޫސުމުގައި ފަރަންސޭސިވިލާތުގައި ބޭއްވޭ އޮލިމްޕިކް ކުޅިވަރުތަކުގައި ފަރަންސޭސިވިލާތުގެ އަންހެން ކުޅުންތެރީންނަށް ބުރުގާއެޅުން މަނާކުރުމުން އިންސާނީ ޙައްޤުތަކާ ބެހޭ އދ.ގެ އޮފީހުން ޕެރިހާ ދެކޮޅަށް ފާޑުކިޔައިފިއެވެ.

އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުގެ ތަރްޖަމާނު މަރުޓާ ހޯޓާޑޯ ވިދާޅުވިގޮތުގައި "އަންހެނުން ލާންވީ ހެދުމާއި ނުލާންވީ ހެދުން ކަނޑައެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ."

އޭނާ ވިދާޅުވިއެވެ. "އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މީޔާރުތައް ބުނާގޮތުގައި ދީނެއް ނުވަތަ ޢަޤީދާއެއް ތަޢުބީރުކުރުމަށް ޓަކައި އަޅަންޖެހޭ ވަކި ހެދުމެއް އެޅުން ޤައިދު ކުރެވޭނީ ވަކި ޚާއްޞަ ޙާލަތްތަކެއްގައެވެ. އެއީ ޢާންމު މަޞްލަޙަތަށް ނުވަތަ ޢާންމު ނިޒާމަށް ނުވަތަ ޢާންމު ޞިއްޙަތަށް ނުވަތަ އަޚްލާޤަށް ބިރެއް ފޯރައިފާނެކަމުގެ ބިރު އޮންނަ ޙާލަތްތަކުގައެވެ."

ފަރަންސސިވިލާތުގެ ކުޅިވަރާ ބެހޭ ފަރަންސޭސިވިލާތުގެ ވަޒީރާ އެމީލީ އޯޑިޔާ ކަސްޓޭރާ ވިދާޅުވާ ގޮތުގައި ޢިލްމާނިއްޔަތުގެ އުޞޫލުތަކަށް އިޙްތިރާމު ކުރުމަށް ޓަކައި ފަރަންސޭސި އަންހެން ކުޅުންތެރިންނަށް ބުރުގާއެއް ނޭޅޭނެއެވެ.

ޕެރިހުގައި އޮލިމްޕިކް ކުޅިވަރުތައް އޮންނާނީ މި އަންނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހުގައެވެ.

ވަޒީރާ "ސަންޑޭ އިން ޕޮލިޓިކްސް ޕްރޮގްރާމު"ގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ފަރަންސޭސި ކުޅިވަރު މިޝަންގެ އެއްވެސް މެންބަރަކަށް ބޯ ނިވަލެއް ނުކުރެވޭނެއެވެ. އަދި ފަރަންސޭސި ޓީމްތަކުގެ އެއްވެސް އަންހެން ކުޅުންތެރިއަކަށް ބުރުގާއެޅުމުގެ ހުއްދަ ނުދެވޭނެއެވެ."

އޭނާ ވިދާޅުވިއެވެ. "ކުޅިވަރުގެ މައިދާނުގައި އަހުރެމެން ވަރަށް ވަރުގަދައަށް ލާދީނީ އުޞޫލުތަކުގައި ހިފަހައްޓާނަމެވެ." އޭނާ ވިދާޅުވިގޮތުގައި މި ކަމުގައި ފަރަންސޭސި ވިލާތާއި ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމެޓީގެ ސިޔާސަތު ތަފާތެވެ. ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމެޓީ ތަޢާއްޞުބުގެ ނަޒަރުން މުޢާމަލާތު ކުރާކަމުގެ ޝަކްވާ އދ.އަށް ހުށައަޅައިފިއެވެ.

ފަރަންސޭސިވިލާތުގައި މުސްލިމު އަންހެން ދަރިވަރުންނަށް ވަނީ ޢަބާއާ ލައިގެން މަދަރުސާއަށް ދިޔުން މަނާކޮށްފިއެވެ. ފަރަންސޭސިވިލާތުގެ މުސްލިމު އަންހެން ދަރިވަރަކު 22 ސެޕްޓެންބަރުގައި ޖަޕާނުގެ ކިމީނޯ ހެދުން ލައިފެން ދިޔުމުން އޭނާ ވަނީ ގެއަށް ފޮނުވައިލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *