Support Us

28 ދުވަހަށް އަހުރެމެންގެ ދީނާއި އާދަކާދަތައް ބަދަލެއް ނުކުރާނަން: އަބޫ ތުރައިކާ

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ޤަޠަރު ތައްޔާރުވަމުން އަންނަ ގޮތާ ބެހޭގޮތުން ވާހަކަ ދައްކަމުން މިޞްރުގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރިއެއް ކަމުގައިވާ މުޙައްމަދު އަބޫ ތުރައިކާ (ފޮޓޯ) ބުންޏެވެ. "އަހުރެމެންގެ ދީނާއި އާދަކާދަތައް 28 ދުވަހަށް ޓަކައި ބަދަލެއް ނުކުރާނަމެވެ. ޤަޠަރު މުޅި ދުނިޔެ ޙައިރާން ކޮށްލާނެއެވެ." 

މޮންޑިޔާލް-2022 ޤަޠަރުގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ނޮވެންބަރު 20 އިން ޑިސެންބަރު 18 އަށެވެ.

މުބާރާތުގެ މެޗްތައް ބަލަން ޤަޠަރަށް ދާ އެންމެން ޤަޠަރުގެ އާދަކާދައަށް އިޙްތިރާމު ކުރުމަށް އޭނާ ގޮވައިލިއެވެ. އޭނާ ބުންޏެވެ. "އެންމެ 28 ދުވަހަށް ޓަކައި ޢަރަބީން އެމީހުންގެ ދީނާއި އާދަކާދައާއި ޢުރްފު ބަދަލެއް ނުކުރާނެއެވެ."

މެޗްތައް ބަލައި މުނިފޫހިފިލުވާން ޤަޠަރަށް އަންނަ މީހުންނަށް އިސްލާމީ އަޚްލާޤާއި އިސްލާމީ އާދަކާދަތައް ގާތުން ދެކެ ދަސްކުރުމަށް ވެސް އޭނާ ގޮވައިލިއެވެ.

އަބޫ ތުރައިކާ އިތުރަށް ބުންޏެވެ. މޮންޑިޔާލަށް މެހެމާންދާރީ އަދާކުރުމަށް ޤަޠަރު ތައްޔާރުވަމުން އަންނަ ގޮތާމެދު އޭނާ ފަޚްރުވެރިވެއެވެ. 

"އިސްލާމީ އަގުތަކާއި އަޚްލާޤު މި މޮންޑިޔާލުން ރަނގަޅު ގޮތުގައި ރިވެލިވެގެންދާނެއެވެ." އަބޫ ތުރައިކާ ބުންޏެވެ. "ދުނިޔޭގެ ފުޓްބޯޅަ މުބާރާތުން ލައްޒަތު ޙާޞިލު ކުރުމަށް ޓަކައި ވަގުތުކޮޅަކަށް އަރާރުންތައް ހުއްޓައިލަން އެބަޖެހެއެވެ. މިއީ ވަރަށް ތާރީޚީ އަދި ޢާލަމީ ކަމެކެވެ. ފުރަތަމަ ދަރަޖައިގައި މޮންޑިޔާލަކީ އިންސާނިއްޔަތުކަމުގެ ވާދަވެރިކަމެކެވެ."

ދުނިޔޭގެ ފުޓްބޯޅަ މުބާރާތަށް ހޮވިފައިވާ ޓީމުތަކަށް ފުޓްބޯޅައަށް ސަމާލުކަންދީ ސިޔާސީ އަދި އައިޑިޔަލޮޖީގެ "ހަނގުރާމަ" އަކަށް ފުޓްބޯޅަ ނެހެދުމަށް ފީފާއިން ވަނީ ގޮވައިލައިފައެވެ. 

ފީފާގެ ރައީސާ ޙަވާލާދީ ސްކައި ނިވްސް ބުންޏެވެ. ފީފާގެ ރައީސް މޮންޑިޔާލްގައި ބައިވެރިވާ 32 ދައުލަތަށް ފުޓްބޯޅައަށް ސަމާލުކަން ދިނުމަށް ދަނީ ގޮވައިލައްވަމުންނެވެ. 

ފީފާގެ އަމީން ޢާންމު ފާޠިމަތު ސާމޫރާ ވިދާޅުވިއެވެ. "މޮންޑިޔާލް 2022 ގެ އިފްތިތާޙީ ޙަފުލާ ވެގެންދާނީ ކުޅިވަރުގެ މައިދާނުގައި ބޭއްވޭ އަޖައިބުން ފުރިގެންވާ ކަމަކަށެވެ. މި މުބާރާތް ފެށޭނީ 20 ނޮވެންބަރުގައި ޤަޠަރުގެ "އަލްބައިތު" ދަނޑުގައެވެ. މި ޙަފްލާ ވާނީ ދުނިޔެ ދެކޭ އެންމެ ރީތި ޙަފްލާ އަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *