...

Support Us

ވޯލްޑްކަޕް 2022: ހުޅުވުމުގެ ރަސްމިއްޔާތާ ބެހޭ ބައެއް ކަންތައްތައް

ތިރީގައި މިވަނީ ނޮވެމްބަރު 20 އިން ޑިސެމްބަރު 18 އަށް ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާ ބެހޭ ގޮތުން އެނގެންޖެހޭ ބައެއް ކަންތައްތައް ކުރުކޮށެވެ.

ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ކޮން އިރަކު؟

  • ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު، ގްރޫޕް އޭގެ ފުރަތަމަ މެޗުގައި، މުބާރާތް ބާއްވާ ގަތަރާއި އިކުއެޑޯ ބައްދަލުކުރާ މެޗުގެ ކުރިންނެވެ.
  • ހުޅުވުމުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ ޖީއެމްޓީން 1400 (މާލޭ ގަޑިން އިރުއޮއްސި 7:00) ގައެވެ.
  • އަސްލު ޕްލޭނަކީ ނޮވެމްބަރު 21 ވަނަ ދުވަހު ގަތަރުގެ ފުރަތަމަ މެޗުގެ ކުރިން މެޗު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމެވެ. އެކަމުގެ ސަބަބުން އޭގެ ކުރިން ދެ މެޗު ކުޅޭ ނަމަ އާދަޔާ ހިލާފު ހާލަތެއް އުފެދިގެންދާނެތީ ފުރަތަމަ މެޗު އެއް ދުވަސް ކުރިއަށް ޖެއްސީއެވެ.
  • އިކުއެޑޯގެ އެތެރޭގެ ހަމަނުޖެހުންތަކާ ގުޅިގެން އިކުއެޑޯގެ ރައީސް ގިލަރމޯ ލާސޯ ވަނީ ގަތަރާ ދެކޮޅަށް ކުޅޭ ހައި ޕްރޮފައިލް ފުރަތަމަ މެޗުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ކޮންތާކު؟

  • ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ދޯހާގެ އުތުރުން 40 ކިލޯމީޓަރު ދުރުގައި އޮންނަ 60،000 މީހުންގެ ޖާގައިގެ އަލް ބައިތު ސްޓޭޑިއަމްގައެވެ.
  • ގަލްފުގައި ދަތުރުވެރިން ބޭނުންކުރާ ޓެންޓްތަކުގެ ނަމުން ނަންދީ ޑިޒައިންކޮށްފައިވާ އަލް ބައިތު ސްޓޭޑިއަމަކީ މެދުތެރޭ ދޯހާއާ އެންމެ ދުރުގައި އޮތް ނަމަވެސް އެންމެ ބޮޑު އަދި ކަހާލެވޭ ފުރާޅެއް ވެސް އޮންނަ ސްޓޭޑިއަމެކެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާފޯމްކުރާނީ ކޮން ބަޔެއް؟

  • ގަތަރު ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާފޯމްކުރާ ފަންނާނުންގެ ފުރިހަމަ ލިސްޓެއް ފީފާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
  • ދެކުނު ކޮރެއާގެ ބީޓީއެސް އިން ބުނީ ބޯއީ ބޭންޑްގެ ހަތް މެމްބަރުންގެ ތެރެއިން އެއް މެމްބަރު ކަމަށްވާ ޖަންގްކޫކް މި ރަސްމިއްޔާތުގައި ޕާފޯމް ކުރާނެ ކަމަށެވެ.
  • ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާ ކަމަށް ރިޕޯޓްކޮށްފައިވާ އެހެން ނަންތަކުގެ ތެރޭގައި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަސްމީ ލަވަ ކަމަށްވާ "ބްލެކް އައިޑް ޕީސް" ކިޔާފައިވާ ކޮލަމްބިއާގެ ޕޮޕް ސްޓާ ޝަކީރާ އާއި ރޮބީ ވިލިއަމްސް އަދި ނޯރާ ފަތޭހީ ހިމެނޭ ކަމަށް ދަ ޓެލެގްރާފް އިން ބުނެ އެވެ.
  • އިނގިރޭސި ލަވަކިޔުންތެރިޔާ ދުއާ ލިޕާ ވަނީ އެ ރަސްމިއްޔާތުގައި އޭނާ ޕާފޯމް ކުރަން ހަމަޖެހިފައިވާ ކަމަށް ބުނާ ރިޕޯޓެއް ދޮގުކޮށްފަ އެވެ.
  • ލަވަކިޔުންތެރިޔާ ރޮޑް ސްޓުވަޓް ދަ ޓައިމްސް އަށް ބުނީ ގަތަރުގައި ޕާފޯމް ކުރުމަށް "އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު"ގެ ހުށަހެޅުމަކަށް އޭނާ ދެކޮޅުހަދައިފައިވާ ކަމަށެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާފޯމްކުރީ ކޮންބައެއް؟

  • ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފަށައިފައި ވަނީ އިނގިރޭސި ޕޮޕް ސްޓާ ވިލިއަމްސް އާއި ރަޝިޔާގެ ސޮޕްރާނޯ އައިޑާ ގަރިފުލީނާގެ ހުށަހެޅުމާއެކު މޮސްކޯގައި ބޭއްވި ރަސްމިއްޔާތަކުންނެވެ.
  • ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެ ރަސްމީޔާތުގައި ތަގުރީރު ކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.