Support Us

ޔޫރޯ2020: ކުކުޅުބިސް ތަޅައިގެން ފުރަތަމަ ދެ މެޗުގެ ނަތީޖާ ދިމާވެއްޖެ! ދެން ވާނީ ކިހިނެއް؟

ވޯލްޑްކަޕާއި ދުނިޔޭގެ އެހެނިހެން ބޮޑެތި ފުޓުބޯޅަ މުބާރާތްތަކުގައި، މެޗުތަކުގެ ނަތީޖާ ދިމާކުރަން އެކި ފަހަރު އެކި ކަހަލަ ކަންކަން އެކި ގައުމުތަކުގައި އަބަދުވެސް ކުރެއެވެ. ޕޯލް ނަމަކަށް ކިޔާ ބޯވަ އަކީ މިގޮތުން އެންމެ މަޝްހޫރުވި އެއްޗެވެ. އެއީ ޔޫރޯ2008ގެ ގިނަ މެޗުތަކަކާއި ވޯލްޑްކަޕު2010ގެ ގިނަ މެޗުތަކަކާއި ޗެމްޕިއަން ޓީމު ވެސް މާ ކުރިން އެސޮރު ދިމާކުރީމައެވެ. (ޕޯލް ވަނީ އުމުރުން ދެ އަހަރާއި ބައިގައި، 25 އޮކްޓޫބަރު 2010ގައި މަރުވެފައެވެ.)

ޕޯލްގެ އިތުރުން ޕެންޑާ އާއި ހަރުފަ އާއި މަހާއި އެހެނިހެން ދިރޭ އެއްޗެތި ބޭނުން ކޮށްގެން ވެސް މެޗުތަކުގެ ނަތީޖާތައް ނެރެ ޗެމްޕިއަން ޓީމުތައް ވެސް ހޮވައެވެ. އެކަމަކު މިހާރު ކުރިއަށްދާ ޔޫރޯ2020 އާ ދިމާކޮށް މި ފަހަރު ފެނިގެން މިދަނީ މުޅިން ތަފާތު ކަމެކެވެ؛ ކުކުޅުބިސް ތަޅައިގެން ނަތީޖާ ނެރުމެވެ.

ޔޫރޯ2020ގެ ގަދަ 16 ޓީމުގެ މެދުގައި ރޭ ކުޅުން ފެށުމުގެ ކުރިން އާންމުވެފައިވާ ވީޑިއޯއިން ދައްކަނީ ބިސް ޓްރޭއެއްގައި ހުރި ބިސްތަކެއްގައި، 16 ޓީމުގެ ނަން ޖަހައިފައި، ކޮންމެ މެޗެއްގައި ވާދަކުރާ ދެ ޓީމުގެ ދެ ބިސް ނަގައިފައި ދެބިސް ޖައްސަނީއެވެ. އެތަނުން ތަޅައިގެންދާ ބިސް ނިސްބަތްވާ ޓީމެއް ބަލިވެ، ތަޅައިގެންނުދާ ބިސް ނިސްބަތްވާ ޓީމު ގަދަ އަށަކަށް ދަނީއެވެ. އެއަށްފަހު ގަދަ އަށަކަށް ދާ ޓީމުތަކުގެ ބިސްވެސް، މެޗު ކުޅޭ ތަރުތީބުން ޖައްސައި، ތަޅައިގެންނުދާ ބިސް ނިސްބަތްވާ ޓީމު ސެމީ އަށް ދަނީއެވެ. ސެމީގައި ވެސް ހަމަ އެގޮތަށް ހަދައި، ފައިނަލަށް ދެ ޓީމު ގެންގޮސް، ޗެމްޕިއަން ޓީމު ވެސް ހަމަ އެގޮތަށް ހޮވަނީއެވެ.

ގަދަ އަށަކަށް ދާ ޓީމުތައް:

  1. ޑެންމާކު
  2. އިޓަލީ
  3. ނެދަލަންޑްސް
  4. ޖަރުމަން
  5. ޔުކްރެއިން
  6. ކްރޮއޭޝިއާ
  7. ފްރާންސް
  8. ބެލްޖިއަމް

ސެމީ ފައިނަލަށް ދާ ޓީމުތައް:

  1. ބެލްޖިއަމް
  2. ކްރޮއޭޝިއާ
  3. ޖަރުމަން
  4. ޑެންމާކު

ފައިނަލަށް ދާ ދެ ޓީމު:

  1. ޖަރުމަން
  2. ކްރޮއޭޝިއާ

ޔޫރޯ 2020 ޗެމްޕިއަން ޓީމު:

  • ޖަރުމަން

ބިސް ތަޅައިގެން ނަތީޖާތައް ދިމާވާނީ ކިހާ ވަރަކަށް ކަމެއް ނޭނގެއެވެ. ހަމަ ޔަގީނުން ވެސް ޔޫރޯ2020ގެ ގަދަ 16 ޓީމުގެ މެދުގައި ރޭ ކުޅުނު ފުރަތަމަ ދެ މެޗުގެ ނަތީޖާ ވަނީ ދިމާވެފައެވެ. ބިސް ބުނި ގޮތަށް ފުރަތަމަ މެޗުގައި ވޭލްސާ ވާދަކޮށް މޮޅުވީ ޑެންމާކެވެ. އަދި ދެވަނަ މެޗުގައި އޮސްޓްރިއާއާ ވާދަކޮށް މޮޅުވީ އިޓަލީއެވެ.

އެހެން މެޗުތަކުގެ ނަތީޖާތައް ނުކުންނަ ގޮތެއް ބަލަމާ ހިނގާށެވެ. ބިހުގެ ހުރި ވަރެއްވެސް އެނގިދާނެތާއެވެ!

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *