އަބަދުމެ އުފާވެރިކަމުގެ އިރު އަރާފައި ހުންނަ ހަޔާތެއް ހޯދައިދޭނެ ކަމުގެ ވައުދެއް އަހަންނަކަށް ނުވެވޭނެއެވެ.
މުއްސަަނދިކަމާއި މުދާވެރިކަމައި ރަންރިހި ހޯދައިދޭނެ ކަމުގެ ވައުދެއް ވެސް އަހަންނަކަށް ނުވެވޭނެއެވެ.
ފަސޭހަ މަގެއް ކޮށައިދިނުމުގެ ވައުދެއް ވެސް އަހަންނަކަށް ނުވެވޭނެއެވެ.
ކަލާގެ ސޫރަ ބަދަލުވެ، މުސްކުޅިވުމާ ދުރަށް ގެންގޮސްދޭނޭ މަގެކެވެ.
ނަމަވެސް، އަހަރެންގެ ހިތުގެ އިޚުލާސްތެރިކަން ކަލާއަށްޓަކައި ޚާއްސަކޮށްލާނެ ކަމުގެ ވައުދު އަހަންނަށް ވެވިދާނެއެވެ.
ކަލާގެ ހިތާމައިގެ ކަރުނަތައް ފޮހެލާނޭ ހިނިތުންވުމެއް ދޭނޭ ކަމުގެ ވައުދު ވެސް މެއެވެ.
ތެދުވެރި އަދި އަބަދުމެ އަބަދު އިތުރުވެ ހެދި ބޮޑުވަމުންދާ ލޯތްބެއް ދިނުމުގެ ވައުދުވެސް މެއެވެ.
ކޮންމެ މާދަމައެއްގައި ކަލާގެ އަތުތެރެއަށްލައި ކަލާގެ އަތުގައި ހިފަހައްޓާނޭ އަތެއް ދިނުމުގެ ވައުދުވެސް ވެވިދާނެއެވެ.