Support Us

އިހުގެ އަންހެނުންގެ ބޮލުގެ ނާށިގަނޑު ދިގު ކުރުމުގެ ސަގާފަތް

އެކި ޒަމާންތަކުގައި އެކި އިންސާނުން ރީތިވުމަށާއި އެހެން މަގުސަދުތަކުގައި އެ މީހުންގެ ހަށިގަނޑަށް ބަދަލުތައް ގެނައެވެ. އެ ޒަމާންތަކުގައި އިންސާނުން ރީތިވުމަށް ނުވަތަ އެހެން މަގުސަދުތަކުގައި ހަށިގަނޑުގެ ގުނަންތަކަށް ގެނައި ބަދަލު މި ޒަމާނުގައި އަހަރެމެންނަށް ކަމުނުގޮސްފާނެއެވެ.

މިސާލަކަށް، ސީނުކަރަ ނުވަތަ މިހާރުގެ ގޮތުން ނަމަ ޗައިނާގައި ޝާހީ އާއިލާގެ ކުޑަ އަންހެން ކުދިންގެ ފައި، ފޮތިން ބަނދެގެން ރަނގަޅަށް ބޮޑު ނުވާ ގޮތަށް ހަދައިފައިވެއެވެ. މިހެންވުމުން ޝާހީ އާއިލާގެ އަންހެނުންގެ ހުންނަނީ ކުދި ފަޔެވެ. އެ މީހުން ތަންތަނަށް ގެންދަނީ ނޯކަރުންގެ އެހީގައި އުފުއްލައިގެންނެވެ.

ހަމަ މި ފަދައިން އިންސާނާގެ ބޮލުގެ ނާށިގަނޑު ދިގުކުރުމަކީ މެސޮޕޮޓޭމިއާގެ ޒަމާނުގައި ވަރަށް ހިނގި ސްޓައިލެކެވެ. މިހާރުގެ މޮންގޯލިއާ އާއި އަދި އޭޝިއާ ބައްރުގެ ބައެއް ގައުމުތަކުގައި ވެސް މި ސަގާފަތް އެއިރު އޮތެވެ. ބައެއް ގައުމުތަކުން މި ކަން ކުރީ ދީނީ ކަމެއްގެ ގޮތުގައެވެ.

އިންސާނާގެ ބޮލުގެ ނާށިގަނޑު ދިގުކުރުން ސަގާފީ ކަމެއްގެ ގޮތުގައި ކުރި ކަމުގެ އަސަރު އީސާގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ނުވަ ހާސް އަހަރު ކުރިން ފެނިފައިވެއެވެ. އެ ގޮތުން މި ފަދަ ބައެއް އަންހެނުންގެ ދިގުކޮށްފައިވާ ބޮލުގެ ނާށިގަނޑު އާސާރީތަކެތި ހޯދާ އާކިއޮލޮޖިސްޓުންނަށް ވަނީ ފެނިފައެވެ.

މި ގޮތަށް ބޮލުގެ ނާށިގަނޑު ދިގު ކުރުމުގެ މަސައްކަތް ފަށަނީ ކުއްޖާގެ އެންމެ ތުއްތު އިރުއްސުރެ ފެށިގެންނެވެ. އެ ގޮތުން ދެ ލަކުޑިގަނޑު ބޮލުގެ ވަށައިގެން ބޮލަށް ވާންވާ ގޮތަށް ފޮތިގަނޑަކުން އައްސައެވެ. ނަތީޖާއަކީ ކުއްޖާގެ ބޮލުގެ ނާށިގަނޑު ފަތާވެފައި ދިގުވުމެވެ. މި ގޮތަށް ބޮލުގެ ދެ ފަރާތުގައި ލަކުޑި ބަންނަނީ ކުއްޖާގެ އުމުރުން އެއް މަހުގައެވެ. އަދި ހަ މަސް ވަންދެން އެ ދެ ލަކުޑިގަނޑު އޮޅާފައި ބަހައްޓައެވެ.

އެފްރިކާ، އޭޝިޔާ އަދި އެމެރިކާގައި ދިރިއުޅުނު މީހުން މި ސަގާފަތް ކުރިއަށް ގެންދިޔައީ މިހެން ހަދާފައިވާ ކުދިން ބޮޑުވުމުން އެ ކުދިން ސިހުރުވެރިންނަށް ވާން ފަސޭހަވާނެ ކަމަށް ބަލައިފައެވެ. އަދި ބައެއް މީހުން ދުށީ މި ފަދަ ކުދިން ބޮޑުވުމުން މޫސުން ކުރިއަށް ލަފާކުރަން އެނގޭ އަންހެނުންނަށް ވެސް ވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *