Support Us

ޔޫރޯ 2020: ފުރަތަމަ މެޗުން އިނގިރޭސީންނަށް ބޮޑު ކާމިޔާބީއެއް

ޔޫރޯ2020 ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ ފަހަރަށް އިނގިރޭސި ގައުމީ ޓީމު މޮޅުވެއްޖެއެވެ. މިއީ އިނގިރޭސީންގެ އުންމީދު އާ ކޮށްދިން ވަރަށް ބޮޑު ކާމިޔާބީއެވެ.

ލަންޑަންގެ ވެމްބްލީ އިސްޓޭޑިއަމުގައި ކުޅުނު މި މެޗު، ގްރޫޕް ޑީގައި ހިމެނޭ އިންގްލޭންޑް ކާމިޔާބުކޮށްފައިވަނީ އެންމެފަހުގެ ވޯލްޑްކަޕުގެ ދެވަނަ ޓީމު ކަމަށްވާ ކްރޮއޭޝިއާ ބަލިކޮށް 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އިނގިރޭސި ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ ރަހީމް ސްޓާލިން އެވެ.

އިންގްލޭންޑް އާއި ކްރޮއޭޝިއާގެ އިތުރަށް މި ގްރޫޕްގައި ހިމެނޭ އަނެއް ދެ ގައުމަކީ ޗެކް ރިޕަބްލިކާއި ސްކޮޓްލެންޑެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗް އޮންނާނީ މާދަމާ ހަވީރު މާލޭ ގަޑިން 6:00 ގައެވެ.

މި މެޗުގައި ކްރޮއޭޝިއާގެ ނަން މަޝްހޫރު ހަމަ ހުރިހާ ކުޅުންތެރިންހެން ކުޅެފައިވުމާއެކު ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ކްރޮއޭޝިއަށް މި މެޗްގައި ތަނަވަސްވިއެވެ. ނަމަވެސް ލަދެއް ކާމިޔާބުވާ ގޮތް ނުވީއެވެ.

މެޗްގެ ފުރަތަމަ 45 މިނިޓަށް ބަލާއިރު ގިނަ ހަމަލާތައް އުފައްދާފައިވަނީ އިންގްލޭންޑުންނެވެ. މެޗުގެ ފުރަތަމަ ބައިގައި އެ ޓީމުން ތަނަވަސްކުރި ގިނަ ފުރުޞަތުތައް ފަހިކޮށްދިނީ މެޗުގައި ހަމައެކަނި ލަނޑު ޖެހި ރަހީމް ސްޓާލިންކަން ވެސް ފާހަގަކޮށްލާން ޖެހެއެވެ. މެޗްގެ ފުރަތަމަ 45 މިނިޓްގެ ތެރޭގައި އިންގްލޭންޑްގެ ފިލް ފޯޑެނަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެން ގޯލަށް އަމާޒުކޮށް ބޯޅައެއް ފޮނުވައިލިއެވެ. އެކަމަކު އޭނާ ފޮނުވައިލި ބޯޅަ އަމާޒުވީ ގޯލީގެ އަރިމަތީ ދަނޑިއަށެވެ. އަދި ފިލިޕްހަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އޭނާ ފޮނުވައިލި ބޯޅަ ކްރޮއޭޝިއާގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗްގެ ފުރަތަމަ ބައިގައި ކްރޮއޭޝިއާ އިން ހަމަލާތައް އުފައްދަން މަސައްކަތްކުރި ނަމަވެސް އިންގްލޭންޑްގެ ދިފާޢީ ރޮނގު ފޫއަޅުވައިލައިފައި ކުރިޔަށްދެވޭ ގޮތެއްނުތްވެއެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑު އިންގްލޭންޑުން ކާމިޔާބުކުރީ މެޗުގެ 57 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ފުރުޞަތެއްގައި ރަހީމް ސްޓާލިން ފޮނުވައިލި ބާރު ބޯޅައަކުންނެވެ. މިއީ އިނގިރޭސި ގައުމީ ޓީމަށް ސްޓާލިން އެންމެފަހުން ކުޅެފައިވާ 17 މެޗުން އޭނާ އެ ޓީމަށް ކާމިޔާބުކޮށްދިން 13 ވަނަ ލަނޑެވެ. މި ލަނޑާއެކު އިނގިރޭސީން ބޮޑަށް ވިސްނީ އެ ޓީމުގެ ދިފާޢަށެވެ. ޓީމުގެ ގިނަ ކުޅުންތެރިން ބޮޑަށް އިސްކަންދިން ތަން ފެނިގެންދިޔައީ ޓީމުގެ ދިފާޢު ވަރުގަދަކުރާށެވެ.

މުބާރާތުގައި އިންގްލޭންޑް ދެން މެޗެއް ކުޅޭނީ ސްކޮޓްލޭންޑާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ. އަދި ކްރޮއޭޝިއާގެ ޓީމު ޗެކް ރިޕަބްލިކާއި ދެކޮޅަށް ކުޅޭ މެޗް އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *