Support Us

464 މީހުން ޕޮޒިޓިވްވެ، ނުރައްކަލުގެ ރަނގަބީލު އަޅައިފި

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި، 464 މީހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ، ނުރައްކަލުގެ ރަނގަބީލު އަޅައިފިއެވެ. މިއަދު މިއީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވުމުގެ ތަފާތު ބޮޑު ރެކޯޑެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި 464 މީހުންގެ ތެރެއިން 207 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 146 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 93، ރިސޯޓުތަކުގައި 14، ތަރައްގީކުރާ ރިސޯޓެއްގައި އެކަކު އަދި ސަފާރީތަކުގައި ތިނެއް އެބަތިއްބެވެ.

މިއަދުގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 29،052 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 24،575 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 4،396 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 122 މީހަކަށް ފަރުވާދެމުން އަންނައިރު 72 މީހަކު ވަނީ މަރުވެފައެވެ.

މިއަދު ވެސް ވަނީ ކޮވިޑްގައި ދެ މީހަކު މަރުވެފައެވެ. އޭގެތެރޭގައި އިންޑިއާގެ މީހަކު ވެސް ހިމެނެއެވެ.

މުޅި ރާއްޖޭގައި މިހާ ހަލުވިކޮށް ކޮވިޑް ފެތރެމުންދިޔަ ނަމަވެސް، ލޯކަލް އިންތިހާބުގެ ކެމްޕެއިނަށް ލުއިތައް ދިން ފަހުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާއެއް ނުކުރެއެވެ.


ނެޝަނަލް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަތޮޅުތެރޭގެ 63 ރަށެއްގައި ޖުމްލަ 1،261 ޕޮޒިޓިވް ކޭސް މިއަދު އެބަތިއްބެވެ. ޕޮޒިޓިވް އެންމެ ގިނަ މީހުން ތިބީ 178 މީހުން ތިބި ކ. މާފުށީގައެވެ. ދެން 165 މީހުން ތިބި އއ. މަތިވެރީގައެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން ތިބީ 137 މީހުން ތިބި ތ. ވޭމަންޑޫގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް