Support Us

އިންސާނުންގެ ބުއްދިއަށްވުރެ މޮޅު ވިސްނުންތެރިކަމަކަށް ކަޑައްތުކުރާނެ މަރުހަލާއަށް އޭ.އައި ފޯރައިފި

އިންސާނުންގެ ބުއްދިއަށްވުރެ މޮޅު ވިސްނުންތެރިކަމަކަށް ކަޑައްތުކުރާނެ މަރުހަލާއަށް މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ފޯރައިފި ކަމަށް، މަޝްހޫރު އޭ.އައި ކޮމްޕިއުޓާ ޕްރޮގްރާމް، ޗެޓްޖީޕީޓީ އުފެއްދި އޯޕަންއޭއައި ކުންފުނީގެ ސީ.އީ.އޯ ސޭމް އޯލްޓްމަން ބުނެފިއެވެ.

"ސިންގިއުލަރިޓީ"ގެ ނަން ދީފައިވާ މި މަރުހަލާގައި އިންސާނުންނަށް ފަހުމްނުވާ ދަރަޖައަކަށް އޭ.އައި ތަރައްގީވާނެ ކަމަށް ބުނެވެއެވެ. އެއީ އޭ.އައި ބޭނުންކުރާ ހުރިހާ ދާއިރާއެއްގައެވެ. އަދި އިންސާނުންގެ އެހީއާ ނުލައި ވެސް އޭ.އައިއަށް އަމިއްލައަށް އޭގެ މަސްނޫއީ ވިސްނުން ތަރައްގީކުރެވޭ ކަމަށް ބުނެވެއެވެ. އަދި މި ފަދަ ގޮތަކަށް ތަރައްގީވުމުން އިންސާނުންނަށް ކުރިއަށް ކިޔަން ނޭނގޭ ނުވަތަ ކޮންޓްރޯލް ނުކުރެވޭ ނަތީޖާއަކަށް އޭ.އައި ޓެކްނޮލޮޖީ ފޯރާނެ ކަމަށް ބުނެވެއެވެ.

އޯލްޓްމަން ހޮނިހިރު ދުވަހު ބުނީ މި ކަމުގެ ސަބަބުން އިންސާނުންނަށް ފައިދާކުރާނެ ކަމަށެވެ.

"އަހަރެމެން މިހާރު މި ތިބީ ސިންގިއުލަރިޓީ ތެރޭގައި. މީގެން ދުނިޔެއަށް ރަނގަޅު ފައިދާއެއް ކުރާނެ،" އޭނާ ބުންޏެވެ.

އޯލްޓްމަން މި ދިޔަ އަހަރު ބުނެފައިވަނީ ސިންގިއުލަރިޓީއާ ހިސާބަށް އޭ.އައިއަށް މުޅިން ދެވޭނީ 2030 ވަނަ އަހަރު ހިސާބުގައި ކަމަށެވެ.

އޯލްޓްމަނާއި އޭނާއާ ދެކޮޅު ފަރާތްތަކުގެ ދެމެދުގައި މިހާރު ހިނގަމުންދާ އަރައިރުމަކީ "ސުޕަ އިންޓެލިޖެންޓް އޭ.އައި" ނުވަތަ ހުރިހާ ކަމެއްގައި އޭ.އައިގެ މަސްނޫއީ ވިސްނުން އިންސާނުންގެ ވިސްނުންތެރިކަމަށްވުރެ މޮޅުވާން ދެން ނަގާނީ ކިހާ ދުވަހެއް ކަމާމެދުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *