Support Us

އަމިއްްލަަ އަށް ބޭނުންވެގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ވާނީ ދީފައި: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކުރުމަށް މުވައްޒަފުން މަދުކުރަން ފެށި މަސައްކަތުގައި އަމިއްްލަަ އަށް ވަކިވާން ބޭނުންވެގެން އެދި ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މުވައްޒަފުންނަށް 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ވަކިވާން ބޭނުން މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލީ ޖޫން މަހުގެ ފުރަތަމަ ދުވަހު އެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔޫޓިލިޓީގެ ހިދުމަތްދޭ ފެނަކައިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކަމަށް އުސޫލެއް އެކުލަވާލައި ވަޒީފާއިން ވަކިވެވޭނީ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް އޭގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ހަތަރު މަހުގެ މުސާރައާއެކު ވަކިވާން ނިންމި މުވައްޒަފުންގެ އެއްބަސްވުން ހަދައި، އެ އެއްބަސްވުމާ އެއްގޮތަށް އެ މަސްތަކުގެ މުސާރަ ވެސް ދީ ނިންމާފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

"ނަމަވެސް މިކަމާ ގުޅިގެން ފެނަކައިން މުވައްޒަފުންނަށް އޮޅުވާލާފައިވާ ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުންނާއި އާންމު ފަރާތްތަކުން މީޑިއާގެ އެކި ތަންތަނުގައި ފަތުރަމުން ގެންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. ކުންފުނިން އެކަށައަޅާ އުސޫލާ ހިލާފަށް ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުމެއް ވާގޮތަށް މި ކުންފުނިން އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ،" ފެނަކައިގެ ބަޔާނުގައިވެ އެވެ.

އަމިއްލައަށް ވަކިވާން ހުޅުވައިލި ފުރުސަތުގައި، 97 މުވައްޒަފުން އެ ފުރުސަތުގެ ބޭނުންހިފަން އެދިފައިވާކަމަށް ފެނަކައިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ފެނަކައިން ބުނަނީ އެ ކުންފުނީގައި 8،000 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިބި ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *