Support Us

ކައިޒީން ދިރިއުޅުމަށް ފައިސާ ހޯދާގޮތް ކިޔައިދީފި

އުފަންދުވަސް ފާހަގަކުރުމަށް ކައިޒީން މިދިޔަ މަހު ވަނީ ދުބާއީއަށް ގޮސް، ދުނިޔޭގެ އަގުބޮޑު ބުރުޖު ޚަލީފާގައި އުފަންދުވަހުގެ ކޭކު ފަޅައިފިއެވެ. އިންސްޓަގްރާމުގެ ފޮޓޯތަކުން ފެންނަނީ ކައިޒީނާއި އޭނާގެ މަންމައެވެ. އެއާއެކު ސޯޝަލް މީޑިއާގައި ކައިޒީނާ މީހަކު ސުވާކުރިއެވެ. ކައިޒީން ދިރިއުޅުމަށް ފައިސާ ހޯދާގޮތަކީ ކޮބައިހެއްޔެވެ؟ ކައިޒީން ދިން ޖަވާބަކީ މިއީއެވެ. ކިޔާލާށެވެ.

"ތިއީ ޝައުގުވެރި ސުވާލެއް. އަހަންނަކީ ފުލްޓައިމް ސޯޝަލް މީޑިއާ އިންފްލުއެންސަރެއް. މާނައަކީ އަހަންނަށް އާމްދަނީ ލިބެނީ މާކެޓިންގެ ދާއިރާއިންނޭ. އެކި ކުންފުނިތަކުގެ ކޮންޓްރެކްޓްތަކާއި ޕްރޮޑަކްޓްތަކުގެ އެމްބަސަޑަރުކަން މިވަގުތު ވެސް އަހަރެން ކުރިއަށް އެބަގެންދަން. އެއީ ކޮންމެ މަހަކު ފައިސާ ލިބޭ ކޮންޓްރެކްޓްތަކެއް. އޭގެ އިތުރުން ސޯޝަލް މީޑިއާގައި އަހަރެން ކުރާ (އެކި ޕްރޮޑްކަޕްޓްތަކުގެ) ޕޯސްޓްތަކަށް ވެސް ފައިސާ ލިބޭ. މިސާލަކަށް 30 ސިކުންތުގެ އިޝްތިހާރަކަށް އަހަރެން 25،000ރ. ޗާޖުކުރަން. ނަތީޖާއެއްގެ ގޮތުން ކުންފުނިތަކުގެ ޕްރޮޑަކްޓްތައް ޓާގެޓް އޯޑިއަންސަށް ފަސޭހަކަމާއެކު ފޯރުކޮށްދެވޭ. މިހާރުވެސް އެއް ލައްކަ އަށް ވުރެ ގިނަ މީހުން (އިންސްޓަގްރާމުން) އަހަރެން ފޮލޯކުރޭ. އޭގެ އިތުރުން، ވެސް ފައިސާ ލިބޭ ގޮތަށް ބައެއް ޕޯސްޓްތަކާއި ސްޓޯރީ އަށް އެއްޗެތިލައިދެން. މި ވަރުން ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބިއްޖެ ކަމަށް ހީކުރަން."

ކިޔާލުމަށް: ކައިޒީން އަދިވެސް އަށް ދިން އިންޓަވިއު

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
211
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *