Support Us

ލިޔުންތެރިޔާ: މުޙަންމަދު ޝާހިދު ޙަލީމް

ދިވެހިބަހާއި އަދަބަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުން މުޙައްމަދު ޝާހިދު ޙަލީމަކީ ޅެންވެރިކަމުގެ ފަންނުގައި ވެސް ފުންނާބު އުސް ބޭފުޅެކެވެ. ތަފާތު މައުޟޫޢުތަކުގައި ޅެން ހައްދަވާ ޝާހިދަކީ ޅެންވެރިކަމުގެ ފަންނު ކުރިއަރުންވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފަންނު އުނގެނުމަށްޓަކައި ލިޔުންތަކާއި ފޮތްތައް ނެރުއްވަމުން ގެންދަވާ ބޭފުޅެކެވެ. 2020ވަނަ އަހަރުގެ ޅެންވެރީންގެ ދުވަހު މަލަސްގެ އަދަދެއްގެ ގޮތުގައި ޝާހިދުގެ "ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތަށްކުރުން" ވަނީ ވުޖޫދުވެފައެވެ.