ޤަރުނެއް ފަހުން ހިތުން މަގޭ ފިނިފެންމަލެއް ފޮޅިއްޖެއޭ
ކަރުހިއްކި މެންދުރަށް ފަހުން މެންދުރުފަހެއް ފެށިއްޖެއޭ
ގުލްޝަންތެރޭ ކޮކާތަކާ އެކުގައި މެ ކުދި ގުރާތަކާ
މިލްޖުލްވެ ހިތްއުފާކުރާން ވަރައެއް ހިތަށް ލިބިއްޖެއޭ
ދަތިކަން ހިތުން ފިލައި އަލުން ލަވައަށް ކިއާ އަހައިލަމުން
ފަތިހެއް އަލުން ވިލިއްޖެއޭ ބުނަމުން ހިތަށް ނެށިއްޖެއޭ
އުފަލެއް ހިތަށް މިހެން ލިބޭ މަރުވޭ، އުމުރު ވަރަށް ކުރޭ
ނުފަށާށެ ހިތްމަރާން، ހިތާ! ހިތުގައި ތަދެއް ދިރިއްޖެއޭ
ފިނިފެންމަލެއްގެ އުމުރަކީ ހިނދުކޮޅެކެ މަލުގެ ކުލައަކީ
ހިނިތުންނުވޭ ހިތާ! މަގޭ، ހިތުގައި ރެނދެއް އެޅިއްޖެއޭ
ޝާހިދުގެ ހިތުގެ އަޑު އައޭ ހިތް ހިލަހެ؟ މީ ކަލޭ ހިތޭ!
މާ މޮޅު ކަމެއްހެ ހިތްމެރުން ގިސްލައި ހިތަށް ރޮވިއްޖެއޭ
