ހިތް ވަރަށް އޮބަހައްޓަމުންނޭ ގެންދަނީ
ރިތް ނުފޯރާ ފަށް ނުދެކެއޭ ހުންނަނީ
ބަސްއަހާން ހިތް ދެކޮޅު ހެއްޖަސް ރުހުމުގައި
ދަސްކުރާން އެބަ ދުނިޔެ އުޅެއޭ ހީވަނީ
ފުން ޒަޚަމުތައް ނުފުރި ހުއްޓަސް ހުރި ގޮތަށް
ތުންފަތަށް އަދު ސިއްރުކޮށްފައި އޮންނަނީ
ދައްކައެއް ނޫޅޭ ލޮލަށް ވެސް ފާރުތައް
ލައްކަ ހިތްވަރުކޮށްފައޭ ހިނިތުންވަނީ
ނީވި އާހެއް، ކަރުނަތިއްކެއް ނުފެނުމުން
ރޯވި ހުޅު ނިވުނީ ކަމަށްހޭ ނިންމަނީ
އާހްތަކަށާ ކަރުނައަށް އޮޅުވައިލިއަސް
ޝާހިދަށް ހިތް ކިހިނަކުން އޮޅުވައިލަނީ
