ހިތަށްއަރައޭ ވަކަރުކޮށުނީ މޮޔަކަމުންނޭ
ހިތަށްއެރިއަސް ފަށަންދެމުނީ މޮޔަކަމުންނޭ
ބަލައިނުމެލައި އޮޑީ ފައިހަރުލައެއް ނުލައެއް
ކަލާސީން ކެޔޮޅުނާ ނެގުނީ މޮޔަކަމުންނޭ
މުރިނގު ޖައުޒާ ކަހަލަ ދެ ނަމެއް ދުލުން އިވުމުން
ފަރިހިތައް، ކީ، ޅެމަށް ބެލުނީ މޮޔަކަމުންނޭ
ނަމުން، ހެދުމުން، ބަހުން، ނޭނގޭ ނުމީސް މީސް ވެސް؛
މެ ޖިންސެއް ވެސް! އެ ކަން އޮޅުނީ މޮޔަކަމުންނޭ
ހަވާދު ބަނޑަށް ރަނގަޅު ނޫން ކަން އެނގޭ އިރުގައި
ދަވާއެކެ މީ ހިތައި ކެވުނީ މޮޔަކަމުންނޭ
ދުވާލާ ރޭ، ކަނޑާ ބިން ވަކިކުރާން އެނގުނަސް
އަވާމެންދުރު ފެނަށް ބެލުނީ މޮޔަކަމުންނޭ
ސަމާލު ހުދުން ރަތަށް ސިކުނޑިން ދެމުން ދަނިކޮށް
ދަމާދަން! އޮޑިނަގައި ފުރުނީ މޮޔަކަމުންނޭ
ހަލާ ގިރި ފަރު ނުދަންނަ ބައެއް ތެރޭން މީހެއް
ގަލާ ހިރިއަށް ކިއާން ލެވުނީ މޮޔަކަމުންނޭ
ދަތުރު ރަނގަޅަށް ނުފެށެނީސް ޝާހިދުގެ އޮޑިއަށް
ދަތުރު އޮޅިގެން އުޅެން ޖެހުނީ މޮޔަކަމުންނޭ
***
ހިތަށްއަރައޭ ގަލަން ނެގެނީ މޮޔަކަމުންނޭ
ހިތަށްއެރިއަސް ޅެމަށް ހެދެނީ މޮޔަކަމުންނޭ
