Support Us

އެމް.ވީ ޖޫން އެސްޓާގައި ރޭ އަލިފާން ރޯވެފައި

ފެރީއެއް އަނދައި 5 މަރު، 87 ގެއްލިފައި

ފިލިޕީންސްގެ ފެރީއެއް އަނދައި ފަސް މީހުން މަރުވެއްޖެއެވެ.

މިއަދު އަލިފާން ނިވިފައިވާ، އެމް.ވީ ޖޫން އެސްޓާ ނަމަކަށް ކިޔާ ފެރީ ރޭގައި އެނދުމުގެ ހާދިސާގައި 87 މީހުން ގެއްލިފައިވެސްވެއެވެ.

މިހާތަނަށް ސަލާމަތްކުރެވުނީ 43 މީހުންކަމަށް އޮފިޝަލުން މިއަދު ބުންޏެވެ.

އަލިފާން ހިފީ ފިލިޕީންސްގެ ޖަޒީރާ ޕްރޮވިންސެއްކަމަށްވާ ޕަލަވަންގެ އައްސޭރިފަށާ ކައިރިން ދަނިކޮށެވެ. ފެރީ ދަތުކުރަމުން ދިޔައީ ވެރިރަށް މެނީލާއިން ފަތުރުވެރިކަމުގެ މުނިސިޕަލިޓީއެއްކަމަށްވާ ކޯރޯންއަށެވެ.

ފެރީގައި 134 މީހުން ތިއްބެވެ. އެއީ 117 ފަސިންޖަރުންނާއި 17 ފަޅުވެރިންނެވެ.

"މި ވަގުތު ލިބިފައިވާ މައުލޫމާތަށް ބަލާއިރު އަހަރެމެން އަދިވެސް މި ދަނީ 87 މީހުން ހޯދަމުން. މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ގޮތުން ތަފާސްހިސާބުތަކަށް ބަދަލު އައުން އެކަށީގެންވޭ،" ކޯސްޓް ގާޑްގެ ތަރުޖަމާނު، ކޮމަޑޯ ނޯއެމީ ކަޔާބްޔާބް ބުންޏެވެ.

އެމް.ވީ ޖޫން އެސްޓާގެ އަލިފާން މިއަދު ނިވިފައި

ކުއްލި ހާލަތުގައި މަސައްކަތްކުރާ މީހަކު ބުނީ މި ހާދިސާއަކީ "ހިތް ހަލާކުވާވަރުގެ" ހާދިސާއެއްކަމަށެވެ.

"މިއީ ކޯރޯންގައި މީގެ ކުރިން ނުދެކޭ ކަހަލަ ކަމެއް،" އޭނާ ބުންޏެވެ.

އަލިފާން ހިނގަން މެދުވެރިވި ސަބަބު އަދިވެސް ދަނީ ތަހުގީގުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *