Support Us

ކެނެޑާގެ ޕޯޓާ އެއާލައިންސްގެ މަތިންދާބޯޓެއް

ސީޓް ބެލްޓް އަޅަން ކުއްޖަކު ދެކޮޅުހެދުމުން ފްލައިޓް ކެންސަލް

ކެނެޑާގެ އެތެރޭގެ އުދުހުމެއްގައި ފްލައިޓެއް ނައްޓައިލަން އުޅެނިކޮށް ކުއްޖަކު ސީޓު ބެލްޓް އަޅަން ދެކޮޅުހެދުމުން ފްލައިޓް ކެންސަލްކޮށްލައިފިއެވެ.

އެ ގައުމުގެ ޕޯޓާ އެއާލައިންސްގެ ފްލައިޓް އޮތީ ވިކްޓޯރިއާ ސިޓީން ޓޮރޮންޓޯ ސިޓީއަށް ދަތުރަށް ތައްޔާރުވެފައެވެ.

"އެކަމަކު އެ ކުއްޖާ ސީޓު މައްޗަށް ކޮޅަށް އަރައި، ފްލައިޓް ނައްޓައިލަން ނުރައްކާތެރިވާނެ ހާލަތެއް އުފެދުނީ،" އެއާލައިންގެ ތަރުޖަމާނު ބްރެޑް ސައިސަރޯ ބުންޏެވެ.

އެ ކަމާ ގުޅިގެން މަތިންދާބޯޓު ރަންވޭ މަތިން އަނބުރާލައިފައި އެނބުރި ޓާމިނަލަށް ދިޔައެވެ. އެއީ އެ ކުއްޖާ އާއި އޭނާގެ ބެލެނިވެރިޔާ ފްލައިޓުން ފޭބުމަށެވެ.

ނަމަވެސް އެ ކުއްޖާ އާއި އޭނާގެ ބެލެނިވެރިޔާ ފްލައިޓުން ފޭބުމަށާއި އެ ދެ މީހުންގެ ލަގެޖް ބާލައި ލިޔެކިޔުންތައް ފުރިހަމަކުރަން ގިނަ ވަގުތުތަކެއް ހޭދަވުމުން ފްލައިޓް ޖެހުނީ ކެންސަލްކޮށްލައިށެވެ. އެއީ ވިކްޓޯރިއާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ބަންދުކުރާ ގަޑި ކަމަށްވާ މެންދަމުން އަލިވެ 12.30 ވުމުންނެވެ. އެއާލައިނަށް ދެން ޖެހުނީ ފަސިންޖަރުންނަށް ޖެހިގެން އައި ދުވަހުގެ ފްލައިޓް ހަމަޖައްސައިދޭށެވެ.

އެއް ފަސިންޖަރަކު ބުނީ އެ ކުއްޖާ އުޅުނީ ބިރުން ކަމަށެވެ. އަދި ސީޓު ދަށަށް ވަދެ ފިލިވެސް ކަމަށެވެ.

މި ކަން ހިނގީ މި ދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. ފަސިންޖަރުން ބުނީ އަނެއް ދުވަހު ފުރާ ގޮތަށް ހަމަޖެއްސުމުން ކައިރި ހޮޓެލްއަކުން ކޮޓަރި ލިބޭތޯ ބުރަ މަސައްކަތްތަކެއްކުރަން ޖެހުނު ކަމަށާއި މިހެންވެ އެއާލައިނުން ބަދަލު ދޭން ޖެހޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *