Support Us

ކައިއަމަ ލައިބްރަރީގެ މެނޭޖަރު މިޝެލް ހަޑްސަން، 150 އަހަރު ފަހުން ރައްދުކުރި ފޮތް ހިފައިގެން

150 އަހަރު ފަހުން ކުތުބުހާނާއަށް ފޮތެއް ރައްދުކޮށްފި

މީގެ 150 އަހަރު ކުރިން އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސް ސްޓޭޓްގެ ކައިއަމަ ޓައުންގެ ކުތުބުހާނާއިން ގެންދިޔަ ފޮތެއް ރައްދުކޮށްފިއެވެ.

"ދި އެންޓިކުއިޓީސް އޮފް އެތެންސް"އަކީ 1858 ގައި ޗާޕުކޮށްފައިވާ ފޮތެކެވެ. ފޮތަކީ ގްރީސްގައި ހަލާކުވެފައިވާ އިހު ޒަމާނުގެ އިމާރާތްތަކުގެ އާރުކާޓީކަމާ ބެހޭ ތަފުސީލު ހިމެނޭ ފޮތެކެވެ.

ފޮތް ފެނުނީ ރޮސް ސިމަންޒްއަށް އޭނާގެ އާއިލީ ގެއެއްގެ ބަންދުކޮށްފައިވާ، ކުރިން ދަރު އަންދައިގެން ގޭތެރެ ހޫނުކުރާ ފަޔާޕްލޭސްއެއްގެ ތެރެއިންނެވެ. ފޮތް އޮތީ އެ ތަނުގެ ތެރޭގައި ހުރި ސައިފަތް އަޅާ ފޮށްޓެއްގެ ތެރޭގައެވެ. ސިމަންޒަށް އެ ފޮށި ފެނުނީ ގެ ރެނޮވޭޓް ކުރަމުންދަނިކޮށެވެ.

ސިމަންޒް ބުނީ އޭނާއަށް ލަފާކުރެވޭ ގޮތުގައި އެ ފޮތް ކުތުބުހާނާއިން ބޮރޯކުރީ ކައިއަމަ ލައިބްރަރީ ހުޅުވިތަނާ އެ ތަނުން އޭނާގެ ހޫރުކާފައެވެ.

"މިއީ މި ސަރަހައްދުގެ ތާރީހުގެ އާދަޔާހިލާފު އެތިކޮޅެއް،" ފޮތް އަނބުރާ ލިބުމުން ކައިއަމަ ލައިބްރަރީގެ މެނޭޖަރު މިޝެލް ހަޑްސަން ބުންޏެވެ.

އޭނާ މަޖަލަކަށް ހަދައިލައިފައި ބުނީ މިހާ ގިނަ ދުވަހު ފޮތް އަނބުރާ ގެނެސްފައިނުވާތީ ޖޫރިމަނާ 28،000 އޮސްޓްރޭލިއާ ޑޮލަރު (19،646 އެމެރިކާ ޑޮލަރު ނުވަތަ 302،941ރ.)އަށް އަރާފާނެ ކަމަށެވެ.

"ނަމަވެސް އަހަރެމެން މިހާރު ޖޫރިމަނާއެއް ނުކުރަން. ފޮތް އަނބުރާ ލިބުމުން އަހަރެމެން މި ތިބީ ވަރަށް އުފާވެފައި،" އޭނާ ބުންޏެވެ.

މި 168 އަހަރު ވީ ފޮތް ރައްކާތެރިކޮށްފައި ބާއްވަން މިހާރު ހަމަޖައްސައިފައިވަނީ ލައިބްރަރީގެ ކައިއަމަ ޓައުންގެ ތާރީހު ދައްކުވައިދޭ ބައިގައެވެ. އަދި އާއްމުންނަށް ދުލެއް ނުކުރާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *