Support Us

އީރާނާއެކު ރަނގަޅު ވާހަކަތަކެއް އެބަ ކުރިއަށްދޭ: ޓްރަމްޕް

އީރާނާއެކު ރަނގަޅު ވާހަކަތަކެއް އެބަ ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް (ފޮޓޯ) އިއްޔެ މިހެން ވިދާޅުވީ އެމެރިކާ އާއި އީރާނުން ޖެހިޖެހިގެން ތިން ދުވަސް ވަންދެން ހަމަލާ ބަދަލުކުރުން މެދުކަނޑައިލައިފައި ވަނިކޮށެވެ.

"އީރާނާ މި ވަގުތު މި ދަނީ ވާހަކަދައްކަމުން. ރަނގަޅު ވާހަކަތަކެއް އެބަ ކުރިއަށްދޭ. ނަމަވެސް ވާހަކަތައް ފޭލިވެ، އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އަސްކަރީ ހަމަލާތައް އަނެއްކާ ފަށައިފައިނަން،" އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ ވާހަކަތައް ބޭއްވުމަށް އެދުނީ އީރާނުން ކަމަށެވެ. ނަމަވެސް އީރާނުން އެ ވާހަކަ ދޮގުކުރިއެވެ. އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާގައީ ބުނީ ސުލްހައިގެ ވާހަކަތައް ބޭއްވުމަށް އީރާނުން ނޭދޭ ކަމަށެވެ.

"އެމެރިކާއާއެކު ސީދާ ވާހަކަތަކެއް ކުރިއަކަށްނުދޭ. މީޑިއޭޓަރުންގެ ފަރާތުން އެމެރިކާގެ މެސެޖްތަކެއް ލިބިދާނެ،" އޭނާ ބުންޏެވެ.

ގަތަރާއި ޕާކިސްތާނުން މީޑިއޭޓަރުންގެ ރޯލު އަދާކުރަމުންދާތީ، 13 ދުވަހުގެ ހަމަލާ ބަދަލުކުރުންތަކަށްފަހު އެމެރިކާ އާއި އީރާނާ ދެމެދު ސުލްހަ ގާއިމުކުރަން ޑިޕްލޮމެޓިކް ހައްލެއް ގެނެވިދާނެކަމުގެ އުއްމީދު އަލުން ވަނީ އާވެފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އިއްޔެ 87 ޑޮލަރު (1،341ރ.)ގައި ހުރެފައި މިއަދު ހުރީ 84 ޑޮލަރު (1،295ރ.)އަށް ދަށަށް ގޮސްފައެވެ. ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން މި ދިޔަ މަހު ސުލްހައިގެ ފަހުމްނާމާއެއް ގާއިމުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ. ނަމަވެސް އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާނުގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން، އީރާނުގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެއީ އެމެރިކާއިން ފަހުމްނާމާއާ ހިލާފުވީ ކަމަށް ބުނެފައެވެ.

ހުރުމުޒު އުމާނާ ގުޅިގެން މެނޭޖުކުރާނެ ގޮތަކާމެދު އީރާނުން މިހާރު ދަނީ އުމާނާއެކު މަޝްވަރާކުރަމުންނެވެ. ހުރުމުޒަކީ ބައިނަލްއަގުވާމީ ކަނޑުއޮޅިއެއް ކަމަށް ބުނެ ވަކި ގައުމެއްގެ ބާރު އެ ތަނަށް ހިންގައިގެންނުވާނެ ކަމަށް އެމެރިކާ އާއި ގަލްފު ގައުމުތަކުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *