Support Us

ބިރުދައްކާނަމަ ފަހު ޑީލާ ބެހޭ ވާހަކަތައް އެމެރިކާއާއެކު ނުފަށާނަން: އީރާން

ބިރުދައްކާނަމަ ފަހު ޑީލާ ބެހޭ ވާހަކަތައް އެމެރިކާއާއެކު ނުފަށާނެކަމަށް އީރާނުން މިއަދު ބުނެފިއެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލަން ފަހު ޑީލެއް 60 ދުވަހުގެ ތެރޭގައި ހަދަން މި ދިޔަ މަހު 17 ގައި އެމެރިކާއާއެކު އީރާނުން ސުލްހައިގެ ފަހުމްނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި ނުސީދާ ވާހަކަތައް ކުރިއަށްގެންދަން ހަމަޖައްސައިފައިވަނީ ހަނގުރާމަ ފެށި ދުވަހުގެ ހަމަލާއެއްގައި އަވަހާރަކޮށްލި އީރާންގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ އަންނަ ބުރާސްފަތި ދުވަހު ފަސްދާންލުމަށްފަހުއެވެ.

"ޑިޕްލޮމެޓިކް ހައްލަކަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އެމެރިކާއިން އަހަރެމެންނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެކަމަށް ބިރުދައްކަމުންދާއިރު، ފަހު ޑީލަކާމެދު ވާހަކަތައް ކުރިއަށްގެންދާކަށް ނުފަށާނަން،" އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ (ފޮޓޯ) ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފަހު ޑީލާ ބެހޭ ވާހަކަތައް ކުރިއަށްގެންދިއުމުގެ ކުރިން ސުލްހައިގެ ފަހުމްނާމާއަށް އެމެރިކާއިން އިހްތިރާމްކުރަން ޖެހޭނެ ކަމަށެވެ.

އަރާޣްޝީގެ ވާހަކައަށް ރައްދު ދެއްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ބޭނުންވަނީ ނަތީޖާ ނެރެން ކަމަށެވެ.

"އޮންނާނީ ދެ ގޮތުންކުރެ އެއް ގޮތް. އެއީ އީރާނާއެކު ޑީލެއް ހެދުން ނުވަތަ އަހަރެމެން ހުރިހާ ކަމެއް ނިންމައިލުން،" ޓްރަމްޕް އިންޒާރުދެއްވިއެވެ.

ދެ ގައުމުގެ ދެމެދުގައި މިއަދު ބަހުގެ ހަމަލާ ބަދަލުކުރީ އީރާންގެ ނިއުކްލިއަ ޕްރޮގްރާމާއި މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރާނެ ގޮތަކާމެދު ދެ ގައުމުގެ ދެމެދުގައި ހިޔާލުތަފާތުވެފައިވާ ދަނޑިވަޅެއްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *