ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމައިލަން އެއްބަސްވެ، ދާއިމީ ސުލްހައިގެ ޑީލެއް ހަދަން މި ދިޔަ މަހު 17 ގައި އީރާނާއި އެމެރިކާއިން ސޮއިކުރި ފަހުމްނާމާ އިސްރާއީލުން "ގޮއްވައިލިޔަ ދީގެންނުވާނެ" ކަމަށް ތުރްކިޔެގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
އުރުދުޣާން (ފޮޓޯ) އިއްޔެ ވިދާޅުވީ ސަރަހައްދީ އެއްބާރުލުން ނުލިބި މެދުއިރުމަތީގައި ސުލްހަ ގާއިމުނުކުރެވޭނެ ކަމަށެވެ.
އީރާނާއި އެމެރިކާއާ ދެމެދު ގާއިމުކުރި ސުލްހައިގެ ފަހުމްނާމާ އިސްރާއީލުން މުގުރައިލަން މަސައްކަތް ކުރަމުންދާ ކަމަށް އުރުދުޣާން ތަކުރާރުކޮށް ވިދާޅުވަމުންދެއެވެ.
"(އެމެރިކާ-އީރާންގެ) ޑީލު ގޮއްވައިލަން އިސްރާއީލު ސަރުކާރުން ކުރަމުންދާ މަސައްކަތް އަހަރެމެން މި ދަނީ ކައިރިން ބަލަމުން. އަހަރެމެންގެ ޖޯގްރަފީ (ބިން އޮތް ގޮތް) ބަޑިބޭހުގެ ވަހާއި ލެއިން ޣަރަގުކޮށްލަން އިސްރާއީލުގައި މިހާރު އޮތް ހަނގުރާމައަށް ދެވިހިފައިފައިވާ ސަރުކާރަށް ފުރުސަދު ދީގެންނުވާނެ،" އުރުދުޣާން ވިދާޅުވިއެވެ.
އިސްރާއީލުން ޣައްޒާ، ލުބްނާން އަދި ސޫރިޔާއަށް ދެމުންދާ ހަމަލާތައް ވެސް ތަކުރާރުކޮށް އޭނާ ކުށްވެރި ކުރައްވައެވެ.



advertisment