ފްރާންސްގައި ސަލާމަތް ނުވާނެ ކަންތައްތަކުގެ ތެރޭގައި މަރާއި ޓެކްސް ހިމެނެއެވެ. ދެން އޮތީ އިމްތިހާންތަކެވެ.
އުމުރުން 18 އަހަރުގެ އެލްޔަމް ވީނިޔޯގެ ހިތުގެ ބައްޔެއް ހުރެއެވެ. އެއީ ހިތުގެ އިލެކްޓްރިކަލް ނިޒާމު ބަލިވުމުން ހިތުން ލޭ ޕަމްޕުކޮށްދިނުމުގެ ގާބިލުކަން ދަށްވުމަށް ކިޔާ މައިއޯކާޑައިޓިސްއެވެ.
ދާދި ފަހުން އޭނާގެ ހިތް ހުއްޓިގެން ކުއްލިއަކަށް ޝީރާކް ހޮސްޕިޓަލަށް ގެންދަން ޖެހުމުން، ދަރިވަރުން ވަރަށް ބިރުގަންނަ ހައި ސްކޫލްގެ ފަހު އިމްތިހާނެއް ކަމަށްވާ ބަކަލޮރޭއާ ޓެސްޓް ހަދަން ޖެހުނީ ބަލިއެނދުގައި އޮވެއެވެ. އެއީ އޭނާ ހޮސްޕިޓަލުން ދޫކޮށްލުމަށްވުރެ އޭނާގެ ހާލަތު ދަށްކަމަށް ޑޮކްޓަރުން ބުނުމުންނެވެ.
އެލްޔަމް ހެދީ އިމްތިހާންގެ އޯރަލް ބައެވެ. އޭނާ ހެދި ޑިސަޓޭޝަން ދެ ޓީޗަރުން ކުރިމަތީގައި އޭނާއަށް ދިފާއުކޮށްދޭން ޖެހުނެވެ.
އެލްޔަމް މިހާރު އިންތިޒާރުކޮށްގެން ހުރީ އަންގާރަ ދުވަހު ލިބޭނެ އިމްތިހާންގެ ނަތީޖާއަށެވެ.



advertisment