Support Us

ވާދީއަކަށް ބަހެއް ވެއްޓި ޕާކިސްތާންގައި 40 މަރު

ޕާކިސްތާންގައި ވާދީއަކަށް ބަހެއް ވެއްޓި މިއަދު 40 މީހުން މަރުވެއްޖެއެވެ.

ބަލޫޗިސްތާން ޕްރޮވިންސާއި ހައިބަރު ޕަކުތުންކުވާ ޕްރޮވިންސް ބޯޑަރުގައި ދާނާ ސަރު ސަރަހައްދުގައި ހިނގި މި ހާދިސާގައި ބަހުގައި ތިބި އަނެއް އަށް މީހުން ޒަހަމް ވިއެވެ.

އަށް ބުރި އިމާރާތެއްހާ މަތިން ބަސް ވެއްޓެން ދިމާވީ ޑްރައިވަރަށް ކޮންޓްރޯލް ގެއްލުމުންނެވެ.

"ބަހަށް ވަނީ، އޭގެ ކުރިން ދިޔަ ބަހެއް ހުއްޓުމުން، އެ ބަހުގެ ފަސިންޖަރުން ވެސް އަރުވައިފައި. މިހެންވެ، ބަސް ވަނީ ނުރައްކާތެރި މިންވަރަކަށް ތޮއްޖެހިފައި،" ބަލޫޗިސްތާން ސަރުކާރުގެ ތަރުޖަމާނު ޝާހިދު ރިންދު ބުންޏެވެ.

ސަލާމަތްވި ފަސިންޖަރަކު ބުނީ ޑްރައިވަރަށް ބަހުގެ ކޮންޓްރޯލް ގެއްލުނީ އަނެއް ބަހުގެ ފަސިންޖަރުން އެރުވުމުން ބަހުގައި އިން މީހަކު އެ ކަމާ މައްސަލަ ޖައްސައި، ޑްރައިވަރާ ޒުވާބުކޮށް، ޑްރައިވަރުގެ ކަރުގައި ހިފީމާ ކަމަށެވެ. ފުލުހުން ބުނީ އެ ކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ހާދިސާގެ ސަބަބުން ހިތާމަ ލިބުނު ކަމަށް ރައީސް އާސިފު އަލީ ޒަރުދާރީ އާއި ބަލޫޗިސްތާންގެ ޗީފް މިނިސްޓަރު ސަރްފުރާޒު ބަގްތީ ބުންޏެވެ.

ޒަހަމްވި މީހުންނަށް އެންމެ ރަނގަޅު ސިއްހީ ފަރުވާ ދިނުމަށް ވާނީ އަމުރުކޮށްފައި ކަމަށް ޒަރުދާރީ އާއި ބަގްތީ ބުންޏެވެ.

ރަސްމީ އިދާރާތަކުން ދަނީ މަރުވި މީހުންގެ އައިޑެންޓިޓީ ކަށަވަރު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *