Support Us

ޣައްޒާއިން ބޭރުން ފަރުވާ ހޯދުމަށް އިސްރާއީލާއި އުރުދުން ގުޅޭ ބޯޑަރުގައި މި ދިޔަ އަހަރު ކުޑަކުއްޖަކު އޭނާގެ މެޑިކަލް ރިޕޯޓްތަކާއެކު މަޑުކޮށްލައިގެން

ޣައްޒާގެ ބަލިމީހުން ފަރުވާއަށް ބޭރަށް ފޮނުވަން އެމެރިކާގެ ޕާލަމަންޓް މެންބަރުންތަކެއް އިސްރާއީލަށް ގޮވައިލައިފި

ޣައްޒާގައި ކެންސަރާއި އިތުރު ސީރިއަސް ބަލިތައް ޖެހިފައިވާ މީހުން ފަރުވާއަށް ބޭރަށް ފޮނުވަން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކޮންގްރެސްގެ މެންބަރުންތަކެއް އިސްރާއީލަށް ގޮވައިލައިފިއެވެ.

ކޮންގްރެސް އިން އިސްރާއީލަށް މި ގޮތަށް ގޮވައިލީ ޣައްޒާގެ އެންމެ ސީރިއަސް ބަލިމީހުންނަށް ބޭސްފަރުވާ ނުލިބުމުގެ މައްސަލައާމެދު ބައިނަލްއަގުވާމީ މުޖުތަމައުން ކަންބޮޑުވުން ފާޅުކުރުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އިންސާނީ އެހީ ދޭ ޖަމާއަތްތަކުން އިންޒާރުދެނީ ފަރުވާ ދިނުން ލަސްވަމުންދާނަމަ ޣައްޒާގެ އެތައް ބަލިމީހުންގެ ފުރާނަ ގެއްލިދާނެ ކަމަށެވެ.

ކޮންގްރެސްގެ މަތިގެ ސެނެޓާއި ދަށުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން، ވެރިކަންކުރާ ރިޕަބްލިކަން ޕާޓީ އާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ހިމެނޭ ގޮތަށް 60 މެންބަރުން މި ކަމަށް ގޮވައިލައި އިއްޔެ ސޮއިކުރި ސިޓީ އެޑްރެސްކޮށްފައިވަނީ އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯއަށެވެ.

ކޮންގްރެސްގެ މެންބަރުންތަކެއް މި ގޮތަށް ގޮވައިލީ ޣައްޒާގައި ބޭހާއި ސިއްހީ ފަރުވާއާ ގުޅޭ އާލާތްތަކާއި ސްޕެޝަލިސްޓް ފަރުވާ ދެވޭނެ ނިޒާމުތައް ނާޒުކު ހާލަތަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ.

"ފުރާނަ ސަލާމަތް ކުރެވޭނެ ފަރުވާއިން ބަލިމީހުން މަހްރޫމްކޮށްގެން ނުވާނެ،" ޣައްޒާއިން ބަލިމީހުން އެވަކުއޭޓްކުރުމަށް އަވަހަށް ރުހުން ދޭން އެދޭ ކަމަށް ބުނެ ސިޓީގައި ލިޔެފައިވެއެވެ.

ޣައްޒާގެ ސިއްހީ އޮފިޝަލުން ބުނީ ކެންސަރު ބަލީގެ މީހުން ހިމެނޭ ގޮތަށް ޣައްޒާއިން ބޭރުން ފަރުވާ ހޯދުމަށް އެތައް ހާސް ބަލިމީހުން އިންތިޒާރުގައި އެބަތިބި ކަމަށެވެ.

އިސްރާއީލުގެ އޮފިޝަލުން ބުނީ ބޯޑަރުގައި ހުރަސްތައް ކުރިމަތިކޮށްފައިވަނީ އިސްރާއީލުގެ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ.

"ސަލާމަތީ ސަބަބުތަކާހުރެ މީހުން ސްކްރީންކުރުން ކޮންމެހެން މުހިންމު. އިންސާނީ އެހީ ބޭނުންވާ މީހުންގެ ކޭސްތައް މިހާރު ވެސް ހުރި އިޖުރާއަތްތަކުގެ ދަށުން މި ދަނީ މުރާޖައާކުރަމުން،" އިސްރާއީލުގެ ސަރުކާރުގެ ތަރުޖަމާނަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *