Support Us

ހަނގުރާމަ ފެށިތާ 100 ދުވަސް ވީއިރު ވެސް އީރާން އަދިވެސް ވަރުގަދަ ކަމަށް އެމެރިކާއިން ބުނެފި

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައި، ހަނގުރާމަ މެދުކަނޑައިލަން އެއްބަސްވެ، ނަމަވެސް އަދިވެސް އެމެރިކާ އާއި އީރާނާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާތާ މިއަދަށް 100 ދުވަސް ވިޔަސް އީރާން އަދިވެސް ވަރުގަދަ ކަމަށް އެމެރިކާއިން ބުނެފިއެވެ.

"މިސައިލް ސްޓޮކްގެ ބޮޑު މިންވަރެއް އަދިވެސް ސަލާމަތުން އީރާންގައި އެބަހުރި،" އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ (ފޮޓޯ) ވިދާޅުވިއެވެ.

އެތައް ބިލިއަން ޑޮލަރު އެމެރިކާ އަތުން ހޭދަވި ހަމަލާތަކަށްފަހު ވެސް އީރާންގެ އަސްކަރީ ގާބިލުކަމާއި ސިޔާސީ ކެތްތެރިކަން އަދިވެސް ވަރުގަދަ ކަމަށް ސިޔާސީ ދިރާސާވެރިން ބުންޏެވެ. އެ ގޮތުން އިސް ކޮމާންޑަރުން މަރުވި ހަމަލާތަކާއި އިންފްރާސްޓްރަކްޗަރަށް ލިބުނު ގެއްލުންތަކަށްފަހު ވެސް ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސްޓްތަކަށް އީރާނުން މިސައިލާއި ޑްރޯނުން އަދިވެސް ހަމަލާދެމުން ދިޔުމަކީ މި ކަމުގެ ހެއްކެއް ކަމަށެވެ.

އީރާންގެ ހާރިޖީ ވުޒާރާއިން ބުނީ އެމެރިކާ-އިސްރާއީލުގެ ކުރިމަތީގައި ގައުމުގެ މަސްލަހަތު ހިފަހައްޓާނެ ކަމަށެވެ.

"އަހަރެމެންގެ އަސްކަރީ ގާބިލުކަން ދޫކޮށްލައި، އަމާނެއް ނުދޭނަން،" އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވިއެވެ.

އެމެރިކާ އާއި އީރާނާ ދެމެދު 60 ދުވަހުގެ ހަނގުރާމަ މެދުކަނޑައިލުމުގެ ސީޒްފަޔާ އެއްބަސްވުމުގެ ފަހު ޑްރާފްޓް އީރާނުން ބަލައިނުގަތުމުން އެމެރިކާއިން އަލުން ހަމަލާދޭން ފެށުމުން އީރާނުން ވެސް މިހާރު ދަނީ ރައްދުގައި ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް ހަމަލާދެމުންނެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނީ ހަމަލާ ދިނުމުގައާއި ގަލްފުގެ ކަނޑުމަގުތަކަށް ނުފޫޒު ފޯރުވުމުގެ ގާބިލުކަން އީރާންގައި ހުރުމާއި މި ހުރިހާ ކަމަކާއެކު ވެސް އަދިވެސް އެމެރިކާއާއެކު ނުސީދާ ވާހަކަތައް ކުރިއަށް ގެންދަމުން ދިއުމުން ހާމަވަނީ އެތައް މަހެއް ވަންދެން އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނަށް ހަމަލާދިން ނަމަވެސް އީރާންގެ އަސްކަރީ ވިޔުގަ އަދިވެސް ވަރުގަދަކަން ކަމަށެވެ.

ހުޅަނގުގެ ގައުމުތަކުގެ ހަފުތާބަންދަށް ދުނިޔޭގެ ތެލުގެ ބާޒާރު ހުކުރު ދުވަހު ބަންދުކޮށްލިއިރު ތެޔޮ ފީފާއެއްގެ އަގު ހުރީ 93 ޑޮލަރު (1،434ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *