Support Us

އީރާނާ ދައްކަމުންދާ ވާހަކަތައް ކުރިއަށްދަނީ ރަނގަޅަށް: ޓްރަމްޕް

އީރާނާއެކު ދައްކަމުންދާ ނުސީދާ ވާހަކަތައް ކުރިއަށްދަނީ ރަނގަޅަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް (ފޮޓޯ) ވިދާޅުވީ ދުރު ރާސްތާއަކަށް ބަލާއިރު އީރާނާއެކު ޑިޕްލޮމެޓިކް ޑީލެއް ހެދިދާނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"އެކަމަކު އެންމެ ފަހު ޑީލް ހެދުމަކީ ވަރަށް މަޑު ދުވެއްޔެއްގައި ކުރިއަށްދާ، އީރާން ކަހަލަ ފަހުރުވެރި ގައުމަކަށް ވަރަށް އުނދަގޫ ކަމަކަށް ވެދާނެ،" އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ އީރާންގެ އަސްކަރީ ވަސީލަތްތަކާއި މުދާ އުފެއްދުމުގެ މަރުކަޒުތައް ވަރަށް ބޮޑަށް ހަލާކުކޮށްލެވިއްޖެ ކަމަށެވެ.

"އީރާންގައި މިހާރު ހުރީ ކުރިން ހުރި މިސައިލް ސްޓޮކްގެ 21 އާއި 22 ޕަސެންޓާ ދެމެދުގެ މިސައިލް ސްޓޮކެއް،" އޭނާ ވިދާޅުވިއެވެ.

އީރާނާއެކު ވާހަކަތައް ކުރިއަށް ގެންދިޔަ ނަމަވެސް އެމެރިކާއިން އަނެއްކާވެސް ވަނީ އީރާނަށް ހަމަލާތަކެއް ދީފައެވެ. އެ ގޮތުން އެމެރިކާއިން ވަނީ އީރާންގެ އައްސޭރިފަށުގެ ސިޓީ ސިރިކް އާއި ކެޝަމް ޖަޒީރާގައި ހުރި ސާވައިލަންސް ރާޑަރު މަރުކަޒުތަކަކަށް ހަމަލާދީ އެ ތަންތަން ސުންނާފަތި ކޮށްލައިފައެވެ.

މީގެ އިތުރުން ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރި އުޅަނދުތަކަކަށް ހަމަލާދިނުމަށް އީރާނުން ފޮނުވައިލި ހަތަރު ޑްރޯން އެމެރިކާއިން ވަނީ ވައްޓައިލައިފައެވެ.

އީރާނުން ވަނީ ކުވައިތާއި ބަހްރައިންގައި ހުރި އެމެރިކާގެ އެސެޓްތަކަށް ހަމަލާތަކެއް ދީފައެވެ.

ހުޅަނގުގެ ގައުމުތަކުގެ ހަފުތާބަންދަށް ދުނިޔޭގެ ތެލުގެ ބާޒާރު އިއްޔެ ބަންދުކޮށްލިއިރު ތެޔޮ ފީފާއެއްގެ އަގު ހުރީ 93 ޑޮލަރު (1،434ރ.)ގައެވެ. ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *