Support Us

ރަޝިޔާއިން ރޭ ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ އާއްމުން ދިރިއުޅޭ ސަރަހައްދެއްގައި ޔޫކްރެއިންގެ ބަޔަކު މިއަދު މަޑުކޮށްލައިގެން

ރަޝިޔާއިން ދިން ވަރުގަދަ ހަމަލާތަކެއްގައި ދެ ކުދިން ހިމެނޭ ގޮތަށް ޔޫކްރެއިންގައި 21 މަރު

ރަޝިޔާއިން ދިން ވަރުގަދަ ހަމަލާތަކެއްގައި ޔޫކްރެއިންގައި މަދުވެގެން 21 މީހުން މަރުވެއްޖެއެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންނާއި ތިން އަންހެނުން ހިމެނެއެވެ.

މިއީ ވޭތުވެދިޔަ މަސްތަކުގައި ރަޝިޔާއިން ޔޫކްރެއިނަށް ވައިގެ މަގުން ދިން އެންމެ ވަރުގަދަ އެއް ހަމަލާއެވެ.

ވެރިރަށް ކީއިވްގެ އިތުރުން ހަތަރު ސިޓީއަކަށް ރޭގައި ދިން ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން ޒަހަމް ވެސް ވިއެވެ.

ޔޫކްރެއިން އެއްކޮށް ހިފަން ރަޝިޔާއިން މީގެ ހަތަރު އަހަރު ކުރިން ފެށި ހަނގުރައިމައިގައި ރޭ ހަމަލާތައް ދިނީ މިސައިލާއި ޑްރޯނުންނެވެ. ހަމަލާތަކުގައި ގެދޮރާއި އާއްމު އިންފްރާސްޓްރަކްޗަރާއި ހަކަތަ ފޯރުކޮށްދޭ މަރުކަޒުތައް ސުންނާފަތިކޮށްލައިފައިވެއެވެ.

"ރަޝިޔާއިން ދިން ހަމަލާތަކުގައި 656 ޑްރޯނާއި 73 މިސައިލް ބޭނުންކޮށްފައިވޭ. އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދިން،" ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަ ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާގެ ހާރިޖީ ވުޒާރާއިން ބުނީ މިއީ ޔޫކްރެއިނުން ރަޝިޔާއަށް ކުރިން ދިން ހަމަލާތަކެއްގެ ރައްދެއްގެ ގޮތުން ޔޫކްރެއިނަށް ދިން ހަމަލާތަކެއް ކަމަށެވެ.

"އަހަރެމެން އަމާޒުކުރި ހުރިހާ ތަނަކަށް ހަމަލާއެރި،" އެ ވުޒާރާއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *