މައިންކުރަން ބޭނުންކުރާ ގޮވާތަކެތީގެ ގުދަނެއްގައި ގޮވުމެއް ހިނގައި މިޔަންމާގައި މަދުވެގެން 55 މަރުވެއްޖެއެވެ.
މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ މީހަކު ބުނީ ހަ ކުޑަކުދިން ވެސް މަރުވެފައިވާ ކަމަށެވެ.
ޗައިނާގެ ބޯޑަރު ކައިރީގައި އޮންނަ މިޔަންމާގެ އިރުއުތުރު ޝަން ސްޓޭޓްގެ ކައުންގް ޓަޓް ވިލެޖްގައި އިއްޔެ ހިނގި ހާދިސާގައި ގާތްގަނޑަކަށް 70 މީހުން ޒަހަމްވިއެވެ.
ގޮވުން ހިނގި ސަރަހައްދުގައި ހުރި ގެތަކާއި އިމާރާތްތައް ވަނީ ސުންނާފަތިވެފައެވެ.

އެ ވިލެޖަކީ މިޔަންމާގައި ކުރިއަށްދާ އަހުލީ ހަނގުރާމައިގައި ސަރުކާރާ އިދިކޮޅު ޓައޯންގް ނެޝަނަލް ލިބަރޭޝަން އާމީ (ޓީ.އެން.އެލް.އޭ)ގެ ބާރުގެ ދަށުގައި އޮންނަ ތަނެކެވެ.
އެ ޖަމާއަތުން ބުނީ ގުދަނުގައި ހުރީ ރޫބީ ބާވަތުގެ ޖަވާހިރު މައިންކުރާ ސަރަހައްދުގައި މައިންކުރުމުގެ އޮޕަރޭޝަންތައް ހިންގަން ބޭނުންކުރަން ގުދަންކޮށްފައިވާ ގޮވާތަކެތި ކަމަށެވެ.

"މި ގޮވުމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތައް ޒިންމާދާރުކުރުވައިނަން،" ޓީ.އެން.އެލް.އޭއިން ބުންޏެވެ.
ރަސްމީ އިދާރާތަކުން ބުނީ މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.



advertisment