Support Us

އީރާނާ ސުލްހަވުމާމެދު ޓްރަމްޕް ވަކި ގޮތެއް ނުނިންމައި މައްސަލަ ދިގުދަންމަނީ

އީރާނާ ސުލްހަވުމާމެދު ވަކި ގޮތެއް ނުނިންމަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މައްސަލަ ދިގުދަންމަން ފައްޓަވައިފިއެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ ޓީމާއެކު މިއަދު ދެ ގަޑިއިރުގެ ބައްދަލުވުމެއް ބޭއްވެވުމަށްފަހު، އީރާނާއެކު ގާއިމުކުރަން އެކުލަވައިލި ސުލްހައިގެ މުއާހަދާއާމެދު ވަކި ގޮތެއް ޓްރަމްޕް (ފޮޓޯ) ނުނިންމެވިއެވެ. މިހެންވެ ކަމާ ގުޅޭ އެންމެނަށް މިހާރު އޮތީ ޓްރަމްޕް ނިންމަވާ ގޮތެއް ބަލަން އިންތިޒާރުކޮށްގެން ތިބޭށެވެ.

އެމެރިކާގެ އޮފިޝަލުން ބުނީ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ 60 ދުވަހަށް މެދުކަނޑައިލަން ވެސް ޓްރަމްޕް އެއްބަސްވެ ވަޑައިގަންނަވާނީ އޭނާ ބޭނުންވެ ވަޑައިގަންނަވާ ހުރިހާ ޝަރުތަކަށް އީރާނުން އެއްބަސްވީމާ ކަމަށެވެ.

"ޓްރަމްޕް ބޭނުންވެ ވަޑައިގަންނަވަނީ އީރާންގައި ފައްކާކޮށްފައި ހުރި ޔުރެނިއަމް މާއްދާ އެމެރިކާއާ ހަވާލުކުރަން ނުވަތަ ނައްތައިލުމަށާއި އަދި ޓޯލްއަކާ ނުލައި ހުރުމުޒު ކަނޑުއޮޅި އީރާނުން ހުޅުވައިލުމަށް،" އެމެރިކާގެ އޮފިޝަލަކު ބުންޏެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވީ ޑިޕްލޮމެޓިކް ހައްލެއް ނުލިބިއްޖެނަމަ ހަނގުރާމަ ކުރިއަށްގެންދަން ފުރިހަމައަށް ތައްޔާރަށް ތިބި ކަމަށެވެ.

"ޑީލަކަށް އީރާނަށް އެއްބަސްވެވިދާނެ ނުވަތަ ހަނގުރާމައާ ކުރިމަތިލެވިދާނެ. އެމެރިކާއިން އޮތީ ތައްޔާރަށް. ހަނގުރާމަ ފެށި ދުވަހަށްވުރެ ވެސް އަހަރެމެން މިހާރު މި ތިބީ މާ ވަރުގަދަކޮށް،" އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން މި ކުރި ޕްރެޝަރަށް އީރާނުން ފާޑުކިޔެވެ. އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާޣައީ ބުނީ އެމެރިކާއިން ބޭނުންވާ ޝަރުތުތަކާއެކު އެމެރިކާއާއެކު ޑީލެއް ހަދަން އީރާނަށް މަޖުބޫރު ނުކުރުވޭނެ ކަމަށެވެ.

ހުޅަނގުގެ ގައުމުތަކުގެ ހަފުތާބަންދަށް ދުނިޔޭގެ ބާޒާރު ބަންދުވިއިރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 92 ޑޮލަރު (1،418ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *