Support Us

އިސްރާއީލުގެ މަޅީގައި ނުޖެހުމަށް އެމެރިކާއަށް އީރާނުން ގޮވައިލައިފި

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ މެދުކަނޑާލައިފައި އޮވެފައި އިސްރާއީލުގެ މަޅީގައި ޖެހި ހަނގުރާމަ އަލުން ކުރިއަށް ނުގެންދިއުމަށް އީރާނުން އެމެރިކާއަށް ގޮވައިލައިފިއެވެ.

"ޒަޔަނިސްޓުންގެ މަޅީގައި ޖެހި، ސީޒްފަޔާ މުގުރައިލައިފިނަމަ، މުޅިން އާ އުކުޅުތަކާއެކު އީރާނުން ރައްދުދޭނެ،" އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފު (ފޮޓޯ) ވިދާޅުވިއެވެ.

އީރާނުން ބުނީ އީރާނުން ފައްކާކޮށްފައިވާ ޔުރެނިއަމް މާއްދާގެ ސްޓޮކް އެމެރިކާއާ ހަވާލުކުރަން އެމެރިިކާއިން އީރާނަށް ޝަރުތުކުރުމަކީ އެމެރިކާއާއެކު ސުލްހައިގެ މުއާހަދާއެއްގައި އީރާނުން ސޮއިކުރުމަށް ހުރަސްއެޅުމަށް އެމެރިކާއިން ގަސްދުގައި ކުރިމަތިކުރި ޝަރުތެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވީ ކަންތައްތައް ވަމުންދާ ގޮތް ބަލަން ހުންނަވާނެ ކަމަށާއި އީރާނަށް ނިއުކްލިއަ ހަތިޔާރެއް ލިބުނަ ނުދޭނެ ކަމަށެވެ.

ޓްރަމްޕްގެ ބަސްމަގު މިހާރު ހުރީ އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށް ދޭހަވާ ކަހަލަ ގޮތަކަށެވެ. އެ ގޮތުން އޭނާ ވިދާޅުވީ މި ހަފުތާބަންދުގައި ބާއްވަން ހަމަޖައްސައިފައިވާ އޭނާގެ ފިރިހެން ދަރިފުޅު ޑޮނަލްޑް ޓްރަމްޕް ޖޫނިއާގެ ކައިވެނީ ހަފުލާއަށް ވެސް ވަޑައިނުގަންނަވާނެ ކަމަށެވެ.

"މި މުހިންމު ވަގުތުގައި ސަރުކާރުގެ ކަންތައްތައް ހުރި ގޮތުން އަހަރެންނަށް އިހްސާސް ކުރެވެނީ މުހިންމީ ވެރިރަށް ވޮޝިންޓަން ޑީ.ސީގައި ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އަހަރެން މަޑުކުރުންހެން،" ޓްރަމްޕް ވިދާޅުވިއެވެ.

ހަފުތާބަންދަށް މާކެޓްތައް އިއްޔެ ބަންދުކޮށްލިއިރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 103 ޑޮލަރު (1،588ރ.)ގައެވެ. އެއީ އޭގެ ކުރިން 105 ޑޮލަރު (1،619ރ.)ގައި ހުރެފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *