Support Us

ތައިލެންޑުން ފެނުނު 9 އެތައްވުރެ ބަރު ޑައިނޮސޯގެ މޮޑެލްއެއް ވެރިރަށް ބެންކޮކްގެ ތައިނަސޯ ދާރުލްއާސާރުގައި ބަހައްޓައިފައި

ނުވަ އެތައްވުރެ ބަރު ޑައިނޮސޯއެއް ތައިލެންޑްގައި އުޅުނު: ދިރާސާ

ނުވަ އެތައްވުރެ ބަރު ޑައިނޮސޯއެއް ތައިލެންޑްގައި އުޅުނު ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސައިންސްވެރިން މިހެން ބުނީ މީގެ ދަހަރެއް ކުރިން އެ ބާވަތުގެ ޑައިނޮސޯއެއްގެ ކަށިތައް ފެނި، އެ ކަށިތައް 2024ގައި އެއްކޮށް ބިންމަތިން ނަގައި، ތަހުލީލުކުރުމަށްފަހު ސައިންޓިފިކް ރިޕޯޓްސް ޖާނަލްގައި ޝާއިއުކުރި ރިޕޯޓެއްގައެވެ.

ސައިންސްވެރިން ބުނީ މި ކަށިތައް ފެނުނީ ތައިލެންޑްގެ އުތުރުއިރުމަތީ ސަރަހައްދުން އެ ހިސާބުގައި ދިރިއުޅޭ މީހުންނަށް ކަމަށެވެ.

"މި ޑައިނޮސޯއަކީ ދެކުނުއިރުމަތީ އޭޝިއާގައި އުޅުނު އެންމެ ބޮޑު ޑައިނޮސޯ،" ސައިންސްވެރިޔަކު ބުންޏެވެ.

ހަމައެކަނި ގަސްގަހާގެހީގެ ތަކެތި ކައިގެން އުޅުނު މި ޑައިނޮސޯގެ ދިގުމިނުގައި 88 ފޫޓު ހުރިއިރު ބަރުދަނުގައި 27 ޓަނު ހުއްޓެވެ.

ތައިލެންޑްގައި އެ ސޮރުމެން އުޅުނީ މީގެ 100 މިލިއަން އާއި 120 މިލިއަން އަހަރާ ދޭތެރޭގެ މުއްދަތުގެ ކުރިން ކަމަށް ސައިންސްވެރިން ބުންޏެވެ.

ސައިންސްވެރިން ބުނީ މި ޑައިނޮސޯއަށް ދީފައިވާ ނަމަކީ ނާގަޓައިޓަން ކައިޔަފޫމެންސިސް ކަމަށެވެ. އެއީ ދެކުނުއިރުމަތީ އޭޝިއާ އާއި ގްރީސްގެ ފްލޯކް ވާހަކައިގެ މައްޗަށް ބިނާކޮށާއި އެ ކަށިތައް ފެނުނު ތައިލެންޑްގެ ކައިޔަފޫމް ޕްރޮވިންސާ ވެސް ގުޅުވައިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *