Support Us

ކެބިން ކްރޫއެއްގެ ގައިގައި ދަތްއެޅުމުން ކުއްލި ހާލަތުގައި ފްލައިޓެއް ޖައްސައިފި

އޮސްޓްރޭލިއާއިން އެމެރިކާއަށް ދަތުރުކުރަމުންދިޔަ އޮސްޓްރޭލިއާގެ ކުއަންޓަސް އެއާލައިންގެ ފްލައިޓެއްގައި ފަސިންޖަރަކު ކެބިން ކްރޫއެއްގެ ގައިގައި ދަތްއެޅުމުން ކުއްލި ހާލަތުގައި ފްލައިޓް ޓަހީޓީއަށް ޖައްސައިފިއެވެ.

ހުކުރު ދުވަހު ހިނގި ހާދިސާގައި އެ މީހާ ދަތްއެޅީ ކެބިން ކްރޫގެ ގައިގެ ކޮން ތަނެއްގައި ކަމެއް ރަސްމީ އިދާރާތަކުން ހާމައެއް ނުކުރެއެވެ.

ޓަހީޓީއަށް ފްލައިޓް ޖެއްސުމުން ރަސްމީ އިދާރާތަކުން ވަނީ ފަސިންޖަރު ފްލައިޓުން ބާލުވައިފައެވެ.

ކުއަންޓަސް މިހާރު ވަނީ އެ މީހާ ކުރިމަގުގައި އެ އެއާލައިން ގްރޫޕްގެ އެއްވެސް ފްލައިޓަކުން ދަތުރުނުކުރެވޭނެ ގޮތް ހަދައިފައެވެ.

"އަހަރެމެންގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަކީ އަހަރެމެން އެންމެ އިސްކަން ދޭ ކަންތައް. ފްލައިޓްގެ ހަމަޖެހުން ނަގައިލައި، ބިރުދެއްކުމުގެ ހަރަކާތްތައް ހިންގުން އެއްގޮތަކަށް ވެސް ބަލައެއްނުގަންނާނަން،" އެއާލައިންގެ ތަރުޖަމާނަކު ބުންޏެވެ.

އޮސްޓްރޭލިއާގެ ފެޑެރަލް ފުލުހުންގެ ވަގުތީ ސުޕަރިންޓެންޑެންޓް ޕީޓާ ބްރިންޑަލް ބުނީ މަތިންދާބޯޓުތަކުގައި އަނިޔާވެރި އަމަލު ހިންގުމަކީ ސީރިއަސް ޖިނާއީ ކުށެއް ކަމަށާއި އެ ފަދަ ކަމެއް ކޮށްފިނަމަ ޖަލަށް ލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އޮސްޓްރޭލިއާގެ އެތެރޭގެ އުދުހުމެއްގައި މީހަކު އެހެން ފަސިންޖަރެއްގެ ގައިގައި ދަތްއެޅުމުންނާއި އޭނާ ކެބިން ކްރޫއެއްގެ ގައިގައި ކޮޅުފައިންޖެހުމުން އޭނާގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *